ads
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރި އުމައިމާ
ފިނޭންސް މިނިސްޓްރީއަށް 7 ވަނަ ޑެޕިއުޓީ މިނިސްޓަރު
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އަނެއްކާވެސް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރައްވާފައިވަނީ އައިޝަތު އުމައިމާއެވެ. މީ ފިނޭންސް މިނިސްޓްރީއަށް އައްޔަންކުރެއްވި 7 ވަނަ ޑެޕިއުޓީ މިނިސްޓަރެވެ. 

ފިނޭންސް މިނިސްޓްރީއަށް ވަނީ މިނިސްޓަރުން ފެންވަރުގައިވެސް ދެ ބޭފުޅަކު އައްޔަންކޮށްފައެވެ. އެއީ ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހްމަދު މުނައްވަރާއި އަހްމަދު ނަސީރުއެވެ. 

އަލަށް އައްޔަންކުރި ޑެޕިއުޓީ މިނިސްޓަރާއި އެކު ފިނޭންސް މިނިސްޓްރީގައި މިވަގުތު އެ މިނިސްޓްރީގެ ވަޒީރު ހިމެނޭހެން މިނިސްޓަރުން ފެންވަރުގެ 3 ބޭފުޅަކާއި 4 ސްޓޭޓް މިނިސްޓަރުންނާއި 7 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވިއެވެ.  

ސަރުކާރުން އަންނަނީ ވަޒީރުންގެ މަގާމުތަކުގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންގެ ނަމުގައިވެސް މީހުން އެކު އިދާރާތަކަށް އައްޔަންކުރަމުންނެވެ. އެހެންނަމަވެސް މި މަގާމުތަކުގައި ތަފްސީލުތައް ސަރުކާރުން ހާމަކޮށްފައެެއް ނުވެއެވެ. 

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިސްތިސްނާ ހާލަތެއްގައި މެނުވީ މީހުން އައްޔަނު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މަގާމުތައް 700 ވުރެ މައްޗަށް ނާރާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް