ads
ޔާމީން އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަރިހުގައި
ޔާމީން ރިޝްވަތު ބަލައިގަތްކަމުގެ ހުކުމް ބާތިލުކޮށްފި
ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަދު ބާތިލުކޮށް، ހައިކޯޓުންވަނީ އެ މައްސަަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން  ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކުރީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022ގައި އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން، ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ނައީމުގެ ފަރާތުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް 1 މިލިއަން ޑޮލަރު ދެއްވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްވި ހުކުމުގައި ބުނީ، ހެކިބަސް ނަގާ ނިންމާލި ފަހުން ދިފާއީ ހެކިވެރިންގެ ހެކިބަސް ނަފީކުރަން ދައުލަތުން އާ ހެކިތަކެއް ހުށަހަޅާފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. އަދި އެ ހެކިތައް ދަށު ކޯޓުން ބަލައިގެންފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. އެގޮތުން، ހެކިތައް ބަލައިގެންފައި ވަނީ ގުޅުން ނެތް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ހުޒެއިފާ މުހައްމަދު ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދެން ސާބިތުވި މަނީލޯންޑަރިންގެ ކުށުގައި ދަށު ކޯޓުން އިއްވާފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެކެވެ. އެ ދައުވާގެ ހުކުމް ވެސް މިރޭ އިއްވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް