ads
ރައީސް އަބްދުﷲ ޔާމިން
ރައީސް މުއިއްޒު ދޮގު ހައްދަވާކަމަށް ޔާމީންވެސް ވިދާޅުވެއްޖެ
އެމަނިކުފާނާއި ގުޅުވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަަކަށް އެކި ގޮތްގޮތަށް ދެކުމުން އެނގެނީ މުއިއްޒު ދޮގު ހައްދަވާކަންކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވާފަފައިވާ ޖަލު ހުކުމުން މިނިވަންވެޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީންވަނީ އެމަނިކުފާނާއި މުއިއްޒާއި ދެބޭފުޅުން ކުނިޖެހުނު ހިސާބުގެ ވާހަކަތައް ފުރަތަމަ ފަހަރަށް ދައްކާވަފައެވެ. 

ރައީސް ޔާމީން ވިދާޅުވީ ޑރ. މުއިއްޒު ވެރިކަން ކާމިޔާބު ކުރައްވާ އުފާފާޅުކުރުމުގެ ޖަލްސާ ބޭއްވި ރޭ އެމަނިކުފާނަށް ގުޅަން މަސައްކަތް ކުރެއްވިކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން އެމަނިކުފާނު ފޯނަކަށް ޖަވާބު ނުދެއްވާތާ ކުރެއްވި މެސެޖަކަށްވެސް މިހާ ހިސާބަށް އައިއިރު ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ.

" މުއިއްޒަށް ގުޅަން މަސައްކަތް ކުރިން މެސެޖް ކުރިން ފޯނު ކުރިން އެއަށް ޖަވާބު ނުދެއްވާތީ މުހައްމަދު ހުސެއިން ޝަރީފް (މޮންދު) ފޯނަށް ގުޅީ. މޮންދު ފޯނު ނެގި. އަދި ވިދާޅުވީ މިހާރު މިދަނީ ރައީސްއަށް ދަންނަވާށޭ. ރައީސް އެ ހުންނެވީ އޭ ޖަލްސާ ނިންމާފައި މީހުންނާއި ސަލާމްކުރައްވަން. މޮންދު މުއިއްޒަށް ދަންވާފައި ވަޑައިގެން ވިދާޅުވި ތިމަންނަ މުއިއްޒަށް ދަންނަވާފީމޭ. އެހިސާބުން ފެށިގެން މިހިސާބަށް ދިޔައިރު މުއިއްޒަށް ނެތް އަޅުގަނޑު ފޯނަކަށް މެސެޖަކަށް ޖަވާބު ދެއްވާފައެއް."ރައީސް ޔާމިން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ހަމައިން މުއިއްޒަށް އަތް ދިއްކުރެއްވިކަމަށާއި އެ އަތުގައި ހިފަން މުއިއްޒު ދެކޮޅޫ ހެއްދެވީ ކީއްވެގެންކަމަށް ބުނަން ނޭގޭކަމަށާއި އެކަން އެނގޭނީ މުއިއްޒަށްކަމަށެވެ. އަދި އެ ވާހަކަތައް ދެކޮޅު ޖައްސަން ދެއްކެވީ ކޮންކަހަލަ ވާހަކަތަކެއްތޯ އެއަށް ކިޔާނީ ދޮގު ހެދުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

" މީޑިއާގެ ކުރިމަތީގައި ސިޔާސީ ވެރިޔަަކު އައިސް އެއްފަހަރު ދައްކާ ވާހަކައެއް ދެވަނަ ފަހަރު ތިންވަނަ ފަހަރު ހަތަރު ވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދަކަންޏާ އެއަށް ކިޔަނީ ދޮގު ހެދުން ދެެެއްތޯ. އެހެން ވީމާ މުއިއްޒު ކައިރިން އައްސަވާ ރައީސް ޔާމިންގެ ފޯނަށް މެެސެޖަށް ޖަބާވު ނުދެއްވީ ކީއްވެތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީނާއި ރައީސް މުއިއްޒާ ދެމެދު ޖެހުނު މައްސަލަތަކާއެކު މާ ގިނަ ދުވަސްތަކެއް ނުވެ ޔާމީން ވަނީ ޕީއެމުން ވަކިވެޑއިގެންފައެވެ. އަދި އެއާއެކު އަމިއްލަ ޕާޓިއެއް ވަނީ އުފައްދަވާފައެވެ. 

ގިނަ ދުވަހެއް ނުވަނީސް ސަރުކާރު ކޯލިޝަން ދޫކުރައްވާ ވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.

 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް