ads
ބުރު
ބައިބަލާ ޗެމްޕިއަންކަން ބުރަށް
އީދު ބައިބަލާ ޗެލެންޖު 1445ގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

އީދު ބައިބަލާ ޗެލެންޖު 1445ގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލްގައި ސީދާ ދެ ގޭމުން ކުލަބު ކާސިންޖީ (ސީކޭ) ބަލިކޮށްގެނެވެ.

ފޯރިގަދަ ބައިބަލާ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުލަބު ސީކޭއެވެ. މި ފަހަރުގެ ބައިބަލާ މުބާރާތުގައި ފުރަތަމަ ފަހަށް ޑްރީމް ޓީމެއްވެސް ވަނީ ހޮވާފައެވެ. 

ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބުގެ މުހައްމަދު މިރުސާލް ޔާސިރު، މުހައްމަދު ރިލްވާން ގެ އިތުރުން ކުލަބު ކާސިންޖީގެ މުހައްމަދު ސަޖަން، ސުމާމް ލަތީފް، އަލީ ވިޖުހާން، އަލީ ޝާފިއު، އިބްރާހިމް ޝަމީމް އަދި ވިޝާހު އަބްދުއްލަތީފް އާއި ޔުނައިޓެޑް އީސްޓް ކޯސްޓުގެ މުހައްމަދު ނަޒީހް ހަނީފް އާއި ޖޭކޭ ސްޕޯޓްސް ކުލަބުގެ ހުސެއިން ޝިމާޒެވެ.

ބައިބަލާ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ޔާސިރެވެ. އަދި މި އަހަރުގެ މިސްޓަ ބައިބަލާއަކަށް ހޮވިފައިވަނީ ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބުގެ މުހައްމަދު މިރުސާލް ޔާސިރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް