ads
ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022 ގެ ތެރެއިން
ސާފިން އަދި ބޮޑީ ބޯޑިން ސްޓޭޑިއަމެއް ތަރައްގީކުރަނީ
ސާފިން އަދި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ސާފިން އަދި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭ ފެންވަރުގެ ސްޓޭޑިއަމެއް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކުޅިވަރު ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ސާފިން އެސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަނުން ބޭނުންވެގެން މަސައްކަތް ކުރި ކަމެއް ކަމަށެވެ. ރާފިއު ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވިގެންދާއިރު ހުރި އެކި ދަތިތައް ނައްތާލުން ކަމަށެވެ.

ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނަކީ މިހާރު ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސްވިމިން ފޫލުގެ މަސައްކަތާއި މިހާރު ކުރިއަށްދާ ޓެނިސް ކޮންޕްލެކްސްގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް