ads
އީރާނަށް އިޒްރޭލުން ހަމަލާދޭ މަންޒަރު - ފޮޓޯ: ސީއެންއެމް
ބަދަލުހިފުމުގެ އަމަލެއް؛ އިޒްރޭލުން އީރާނަށް ހަމަލާ ދީފި
މި މަހުގެ 14 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ބާރުގަދަ ހަމަލާތަކުގެ ރައްދު ނުވަތަ ބަދަލުހިފުމުގެ އަމަލެއްގެ ގޮތުން އިސްރާއީލުން އީރާނަށް ވަރަށް އާދައިގެ ހައެއްކަ ހަމަލާ ދިންކަމުގެ ރިޕޯޓްތަކެއް ހާމަވެއްޖެ އެވެ.

އިރާނުން ދިން ހަމަލާގެ ރައްދުގައި އިޒްރޭލުން ހަމަލާދޭން ތައްޔާރު ވަމުން ދިޔައިރު، އެމެރިކާއިން ވަނީ އިރާނަށް ދޭ ހަމަލާއެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެެވެ. އަދި އީރާނުން ވެސް ވަނީ އިރާނާއި އިޒްރޭލާ ދެމެދުގެ މައްސަލައެއް ކަމަށާއި އެމެރިކާއިން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ބުނެފަ އެވެ.

އީރާނުން އިޒްރޭލަށް 300 މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ބަދަލުހިފުމުގެ އަމަލެއް ހިންގާފާނެތީ އީރާނުން ތައްޔާރަށް އޮށްވާ، އީރާނުގެ ސިޓީއެއްކަމަށްވާ އިސްފަހާންގެ ސަރަހައްދަކަށް އިސްރާއީލުން ރޭ ވަނީ ޑްރޯން ހަމަލާތަކެއް ދީފަ އެވެ. ކުދިކުދި ޑްރޯންތަކެއް ބޭނުންކޮށްގެން ދިން މި ހަމަލާތަކަކީ އިސްރާއީލަށް ވާގިވެރިވާ އެޖެންޓުންތަކެއްގެ އެހީގައި ދިން ހަމަލާތަކެއްކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "އޭބީސީ" ރިޕޯޓްކޮށްފައި ވެއެވެ.

އީރާންގެ ފާސް ނިއުސް އެޖެންސީން ބުނީ ގަހްޖަވަރެސްތާން އާއި ޝެކާރީ ވައިގެ މަރުކަޒު ކައިރިން ތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ. އީރާންގެ ސްޕޭސް އެޖެންސީގެ ތަރުޖަމާނު ހުސައިން ދަލިރިއަން ވިދާޅުވީ "ގިނަ އަދަދެެއްގެ" ޑްރޯން ވައްޓާލާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިސައިލެއްގެ ހަމަލާއެއް އައި ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.

"ނުރައްކާތެރި ގޮވުމެއް އަދި ބޮޑު ގެއްލުމެއް ވެސް މި ކަންކަމުގެ ސަބަބުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ނެތް،" އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުންޏެވެ.

އެެމެރިކާގެ އޮފިޝަލުން ވެސް ވަނީ އިޒްރޭލްގެ މިސައިލް ހަމަލާތަކެއް އީރާނަށް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ހަމަލާތަކުން ލިބުނު ގެއްލުން އަދި ސާފެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ. އަދި އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވެސް ރަސްމީ ބައެއް ނުބުނެ އެވެ. 

އީރާނުގެ ސިފައިން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުން އިސްފަހާންގެ މެދުތެރެއަށްވަނީ ގޮވާތަކެތި އަޅާފައިވާ ޑްރޯންތަކެއް ވެއްޓިފައެވެ. މިއީ އަމިއްލައަށް ވެއްޓިގަނެގެން ގޮއްވާލާ ބާވަތުގެ ކެމިކާޒީ ޑްރޯންތަކެއް ކަމަށާއި އީރާން ސިފައިންގެ މަރުކަޒެއްކަމަށްވާ "ޝިކާރީ" ބޭސް އާ ދިމާއަށްދިޔަ މީގެ ތިން ޑްރޯން ވައްޓާލާފައިވާކަމަށް އެ ބަޔާނުގައި ބުނެއެވެ.

"މިއީ އީރާނުގެ ބޭރުން އައިޑްރޯންތަކެއް ނޫން، ޑްރޯންތައް އައިސްފައިވަނީ އެތެރޭގެ ވަރަށް ކައިރި ހިސާބަކުން ކަމަށްވާތީ ޑްރޯންތައް ފޮނުވާލި ފަރާތްތައް ހޯދުމުގެ މަސައްކަތް ވަނީ ފެށިފައި" އީރާނުގެ ސިފައިން ބުނެފައިވެ އެވެ.

މިއީ ރޮކެޓް ނޫނީ ބަލިސްޓިކް މިސައިލް ހަމަލާތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ. މި ޑްރޯންތަކުގެ ސަބަބުން އީރާނުގެ އެއްވެސް މުހިއްމުތާކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި މީހަކަށް ގެއްލުމެއް ލިބުނުތޯ ކަށަވަރުކުރަމުން ގެންދާ ކަމަށް ވެސް އީރާނުގެ އަސްކަރީ ބަޔާނުގައި ބުނެއެވެ.

އިރާނުން އިޒްރޭލަށް މިފަހުން ހަމަލާ ދިނީ ސީރިއާގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް 1 އޭޕްރީލް 2024 ގައި ދިން ހަމަލާގެ ރައްދުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް