ads
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން
ޔޫކޭގެ ބަދަލުގައި އެމެރިކާއަކީ ރަސްމީކޮށް ދިރިއުޅޭނެ ތަން: ހެރީ
ޕްރިންސަސް ޑަޔާނާއާއި ކިންގް ޗާރްލްސް ގެ ހަނގު ދަރިފުޅު ޕްރިންސް ހެރީ، އިނގިރޭސިވިލާތު އުނިކޮށް އެމެރިކާއަކީ އޭނާގެ ގެ އަދި ދިރިއުޅޭތަން ކަމަށް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

39 އަހަރުގެ ޕްރިންސް ހެރީ އޭނާގެ އަނބިކަނބަލުން މެގަން މާކަލްއާއި އެއްކޮށް އެމެރިކާއަށް އެއްކޮށް ދިރިއުޅުން ބަދަލުވިތާ މިހާރު މިވަނީ 4 އަހަރުވެފައެވެ.

އެމެރިކާގެ މަޝްހޫރު ނޫސް ކަމަށްވާ ނިއު ޔޯކް ޓައިމްސް އިން ބުނީ ހެރީ މިހާރު ވަނީ މިމަހުގެ 17 ގައި ރަސްމީކޮށް އިނގިރޭސިވިލާތުން އެމެރިކާއަށް ގެ ބަދަލުކުރުމަށް ރަސްމީކޮށް ލިޔެކިޔުންތައް ހުށަަހަޅާފައިކަމަށެވެ. ދިރިއުޅޭ ގައުމު ރަސްމީކޮށް ބަދަލުވިކަން އަޕްޑޭޓް ކުރުމަށް ހެރީ މިލިޔެކިޔުންތައް ހުށަހަޅާފައިވަނީ އިނގިރޭސިވިލާތުގެ ކޯޕަރޭޓް ރެޖިސްޓްރާ ކޮމްޕެނީސް ހައުސް އަށެވެ.

ނިއުޔޯކް ޓައިމްސް އިން މައުލޫމާތު ދޭގޮތުގައި ހެރީ މި ލިޔެކިޔުންތައް ހުށަހަޅާފައި މިވަނީ އޭނާގެ ނޮންޕްރޮފިޓް ޓްރެވަލިސްޓް ލިމިޓެޑުގެ ކަރުދާސްތައް އަޕްޑޭޓް ކުރުމަށްކަމަށްވެއެވެ.

ހެރީގެ އަނބިކަނަބަލުން މެގަން އާއި އެއްކޮށް އޭނާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ ކައިވެނި ބައްލަވާގަތްތާ 2 އަހަރު ފަހުން 2020ގައެވެ. 

އެ ދެމަފިރިން އެމެރިކާއަށް ދިރިއުޅުން ބަދަލުވާން ނިންމީ އާއިލާގެ ތެރޭގައި އުފެދުނު މައްސަަލަތަކެއްގެ ސަބަބުން ޝާހީ ވާޖިބުތަކުން ފަހަތަށް ޖެހެން ހެރީ ނިންމުމުންނެވެ. އެމެރިކާގައި ދިރިއުޅުނު ނަމަވެސް ހެރީ އާއި މެގަން ވަނީ ވަަރަށް މަދު ފަހަަރަކު އެމެރިކާއަށް އެެނބުރި އައިސްފަ އެވެ. ރާނީ އެލިޒަބަތްގެ ޕްލެޓީނަމް ޖުބިލީގެ ރަސްމިޔާތު އަދި ރާނީގެ ޖަނާޒާއަށްވެސް އެ ދެމަފިރިން ވަނީ އިނގިރޭސިވިލާތަށް ޒިޔާރާތްކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް