ads
މާދަމާ ވޯޓް ގަޑީގައި މާލޭގައި ބަރު އުޅަނދުތައް ދުވުން މަނާ
މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ކުރިޔަށްދާ ވަގުތު މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަނާކޮށްފިއެވެ.
Advertisement

20 ވަނަ ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓްލުން ކުރިޔަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:30 އަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ވަގުތުގައި މާލޭގެ އެއްވެސް މަގެއްގައި ބަރު އުޅަނދު ފަހަރުތައް ދުއްވުމަކީ މަނާކަމެއްކަމަށެވެ.

އުޅަނދުތައް ދުއްވުން މަނާކުރި ކެޓަގަރީތައް 

  •   C2 އަދި CO ކެޓަގަރީގެ އުޅަނދުތައް.
  • D ކެޓަގަރީގެ އުޅަނދުތައް.
  • E ކެޓަގަރީގެ އުޅަނދުތައް.
  • V ކެޓަގަރީގެ އުޅަނދުތައް.

 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އަދަބުގެ ގޮތުގައި ގާނޫނުގައި ބުނެފައިވަނީ އެންގުމާއި ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް، ހިފެހެއްޓުމާއި ނުވަތަ  -/750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް