ads
ސަލްމާން އާއި ކިއާރާ
ކިއާރާގެ ކުރިއަށް އޮތް ފިލްމް ޕްރޮޖެކްޓަށް މަސައްކަތްކުރާނީ ސަލްމާންއާއި އެކުތަ؟
ބޮލީވުޑްގެ ކުރިއަރަމުން އަންނަ ތަރި ކިއާރާ އަދްވާނީގެ ދެން އެންމެ އަވަހަށް އޮތް ފިލްމް ޕްރޮޖެކްޓަށް މަސައްކަތް ކުރާނީ ސަލްމާންހާން އާއި އެކު ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުގައި ވާހަކަ ފަތުރާފި އެވެ.
Advertisement

ބޮލީވުޑްގެ ބެލުންތެރިންގެ ޝައުގު އަބަދުވެސް އަތުލާގަންނަނީ ތަފާތު މުޅި ވާހަކަ ދައްކުވައިދޭ ފިލްމްތަކާއި އެ ފިލްމުތަކުގައި އަބަދު އެއް ފަންނާނުން އުޅުމުގެ ބަދަލުގައި ތަފާތު ފާންނާނުން އެކީގައި މަސައްކަތްކުރާތަން ބަލާލުމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ސަލްމާން ހާން އާއި އެކު ކިއާރާ ލޯބީގެ ފިލްމަކަށް އެކީގައި މަސައްކަތްކުރާނެކަމަށް ވާހަކަ ފެތުރުމާއި އެކު ދެ ފަންނާނުންގެ ސަޕޯޓަރުންނާއި ބެލުންތެރިން ދަނީ އުފާފާޅުކޮށް ޕޯސްޓްތައް މެދުވެރިކޮށް ހިޔާލު ފާޅުކުރަމުންނެވެ.

ބޮލީވުޑްގެ މީޑިއާތަކުގައި މިހެން ވާހަކަ ފެތުރާފައި މިވަނީ މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ސާޖިދް ނަޑިއަވާލާ ގެ އޮފީހަށް ކިއާރާ ވަންނަ މަންޒަރުގެ ވީޑިއޯގެ ސޯޝަލް މީޑިއާގައި ފެތުރުމާއި ގުޅިގެންނެވެ. އަދި 2025 ގައި ބެލުންތެރިންނަށް ދޫކޮށްލުމަށް ހަަމަޖެހިފައިވާ ސަލްމާން ހާންގެ ފިލްމް ސިކަންދަރު ގެ އަންހެން ލީޑް ރޯލްއަށް ކިއާރާ ހަމަޖައްސަފާނެކަމަށް ވެސް ބެލުންތެރިންތެރޭ، ސޯޝަލްމީޑިއާގައި ދަނީ ވާހަކަފެތުރެމުންނެވެ. ސަލްމާން ހާން ވަނީ މި ފިތުރު އީދު ދުވަހު ފިލްމު ސިކަންދަރު 2025 ގައި ނެރޭނެކަަމަށް އިއުލާންކޮށްފަ އެވެ.

ސިކަންދަރުގައި މައި އަންހެން ރޯލް ކުޅޭނެ ފަންނާނެއްގޮތުގައި ކިއާރާ ފެނިގެން ދާނެ ކަމަށް ފެތުރޭ ވާހަކާގެ އިތުރުން ކިއާރާވަނީ އެކްޝަން ފިލްމް ޑޯން 3 ގައި ރަންވީރް ސިންގ އާއި އެކު މަސައްކަތްކުރުމަށް ހަމަޖެހިފަ އެވެ.

31 އަހަރުގެ ކިއާރާ ބޮލީވުޑްއަށް ތައާރަފް ވެގެން ދިޔައީ 2014 ވަނަ އަހަރު ފުގްލީ އޭ ކިޔާ ކޮމެޑީ ފިލްމަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް