ads
ރައީސް ޑރ. މުއިއްޒު
ރައީސް މުއިއްޒު ވޯޓުލައްވައިފި
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓުލައްވައިފި އެވެ.

ރައީސް މިއަދު ހެނދުނު ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގެ ހޯލުގައި ހުރި މާފަންނު ދެކުނު ވޯޓު ފޮއްޓަށެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. ވީހާވެސް އަވަހަށް ވޯޓުލުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓުތަކާއި ބޭރުގެ ދިވެހިން ގިނަ ގައުމުތަކުގައި މިއަދު ވޯޓުލުން ކުރިއަށް ގެންދާނެ އެވެ. ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެވެ. އެވަގުތުން ފެށިގެން ވޯޓުފޮށިތައް ބަންދުކޮށް 30 މިނެޓަށް ފަހު ވޯޓު ގުނަން ފަށާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރާ އެކު މެންބަރުންގެ އަދަދު 93 އަށް އިތުރުވާނެ އެވެ. މި ދާއިރާތަކަށް ސިޔާސީ ޕާޓީތަކާއި އަމިއްލަގޮތުން 368 ކެންޑިޑޭޓަކު އެބަވާދަކުރައްވަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް