ads
ޓެއިލާ ސްވިފްޓް
300 މިލިއަން ސްޕޮޓިފައި ސްޓްރީމްއާއިއެކު ޓެއިލާ ސްވިފްޓްގެ އާ އަލްބަމް ރިކޯޑް މުގުރާލައިފި
މަޝްހޫރު އެމެރިކާގެ ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ގެ އައު އަލްބަމް "ޓޯޗާޑް ޕޮއެޓްސް ޑިޕާތްމަންޓް" ސްޕޮޓިފައި ޗާޓުގައި ހޭދަކުރި ފުރަތަމަ ދުވަހު 300 މިލިއަނަނށް ވުރެއް ގިނަ ސްޓްރީމް ހޯދައިފި އެވެ.
Advertisement

ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ  ޓެއިލާ ސްވިފްޓްގެ 11 ވަނަ ސްޓޫޑިއޯ އަލްބަމެވެ. 19 އޭޕްރީލްގައި ނިކުތުނު މި އަލްބަމް އިއްޔެ ސްޕޮޓިފައި އަލްބަމް ޗާޓް އަށް އެރުމާއިއެކު އެ އަލްބަމް ވަނީ ކުޑަވަގުތުކޮޅެއްތެރޭ 200 މިލިއަން ސްޓްރީމް ހޯދާފަ އެވެ. އަދި ދުވަސް ނިމެން ވެފައިވަނިކޮށް 300 މިލިއަން ސްޕޮޮޓިފައި ސްޓްރީމް ޓެއިލާ ގެ މި އަލްބަމް ވަނީ ހޯދާފަ އެވެ.

ޓެއިލާ ސްޕޮޓިފައި އިން ހޯދި މި ކާމިޔާބީ އަކީ މުޅި ދުނިޔޭން ވެސް މިއުޒިކީ ފަންނާކު ހޯދި އެފަދަ ކާމިޔާބިއެވެ. އެގޮތުން ސްޕޮޓިފައިގެ އިތުރުން ބޮޑެތި ޑިޖިޓަލް މިއުޒިކް ޕްލެޓްފޯމް ތަކުގެ ތެރެއިން އައިޓިއުންސްއާއި އެމޭޒޮން މިއުޒިކް ހިމެނޭގޮތަށް ވެސް މިއީ ފަންނާނަކު ހޯދި އެންމެ ބޮޑު ރިކޯޑެވެ.

34 އަހަރުގެ ޓެއިލާގެ ޕްރޮޑަކްޝަން ކުންފުނިން މިކާމިޔާބިއާއި ގުޅިގެން ވަނީ އެކްސްގައި ޕޯސްޓެއްކޮށްފައެވެ. އެއް ދުވަސްތެރޭ ސްޕޮޓިފައިން އެކަނި  300 މިލިއަންސް ލިބުމަކީ ބޮޑު ކާމިޔާބީއެއް އަދި ބޮޑު ޝަރަފެއްކަަމަށް އެކުންފުނިން ބުނެފައިވެ އެވެ.

ޓޯޗާޑް ޕޮއެޓްސް ޑިޕާތްމަންޓްގައި ހިމެނޭ ލަވަތަކުގެ ތެރެއިން "ފޯޓް ނައިޓް" އޭ ކިޔުނު ލަވާގައި ޓެއިލާ ވަނީ މަޝްހޫރު ފިރިހެން ލަވަކިޔުންތެރިޔާ ޕޯސްޓް މެލޮން ފީޗާކޮށްފަ އެވެ. އަލްބަމްގެ ލަވަތަކުގެ ތެރެއިން މި ލަވައަކީ އަޑުއެހިންތެރިންގެ މަގުބޫލުކަން އިތުރަށް ލިބިގެން ދިޔަ ލަވައެކެވެ. އެގޮތުން އެއްދުވަސްތެރޭގައި މިލަވަ ވަނީ މުޅި ޕްލެޓް ފޯމްގައި ވެސް އެންމެ ސްޓްރީމްކުރެވިފައިވާ ލަވަޔަށް ވެފައެވެ. ކުރިން އެ މަގާމު ހޯދާފައިވަނީ އެޑޭލް ގެ 2021 ގައި ނިކުތުނު އީޒީ އޮން މީ އެވެ. 

ޓެއިލާ މިއުޒިކް އިންޑަސްޓްރީއަށް ތައާރަފްވެގެން ދިޔައީ 2006 ވަނަ އަހަރު ބިގް މެޝިން ރިކޯޑްސްގެ ދަށުން ނިކުތު "ޓެއިލާ ސްވިފްޓް" ކިޔާ އަލްބަމަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް