ރައީސް އޮފީހުން މިއަދު ވަކިވަކިން އާންމުކުރި ގަރާރުގައި ވާ ގޮތުގައި ލާމަރުކަޒީ ގާނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރަސްދޫ އާއި ތޮއްޑޫގެ އިހުތިސާސްގައި ފަޅަކުން ސަރަހައްދެއް ހިމަނަން ކަނޑައަޅާފައިވާ ކަމުގަ އެވެ.
ރަސްދޫގެ އުތުރުން އޮންނަ އެ ފަޅުން ރަސްދޫ އާއި ތޮއްޑޫއަށް، ކޮންމެ ރަށަކަށް 200 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ދިވެހި ސަރުކާރުގައި ޝާއިއު ކޮށްފައިވާ ގަރާރުގައިވެ އެވެ.
ރައީސް މިގޮތަށް ނިންމަވާފައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށެވެ. އިންތިހާބު ކައިރިވެފައިވަނިކޮށް ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު މަޝްރޫއުތައް އިފްތިތާހުކޮށްފަ އެވެ.