ads
ފޮޓޯ
ލެކިއުޓްގެ އޮރިޖިނަލް ސެންޓުފުޅިތައް މުޅި ރާއްޖެއަށް!
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓުގެ ވިޔަފާރިކުރާ، ލެކިއުޓްގެ ސެންޓުފުޅިތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގެންގޮސްދިނުމަށް އެ ފިހާރައިން ނިންމާފި އެވެ.

ލެކިއުޓުން ބުނީ އެ ފިހާރައިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އޮންލައިން ޑެލިވަރީގެ ސާވިސް ފަށާފައިވާކަމަށާއި އެ ފިހާރައިގެ ވެބްސައިޓް https://www.lecute.com/store/ އަދި ފޯނު ނަންބަރު  7696699 މެދުވެރިކޮށްދޭ އޯޑަރު ކުރެވޭނެ ކަމަށެވެ.

ގްރޭޓާ މާލެ އޭރިއާއަށް ހިލޭ ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އަތޮޅުތަކަށް ޑެލިވެރީ ކޮށްދޭނީ ކަޑައެޅިފަ އޮންނަ އުސޫލެއްގެ ދަށުން ކަމަށް ލެކިއުޓުން ބުނެއެވެ.

your image

ކޮވިޑް-19 ގެ ސަބަބުން ސޯޝަލް ޑިސްޓެންސިން މުހިންމުވެފައިވާ މިދަޑިވަޅެއްގައި ލެކިއުޓުގެ އަމާޒަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ފިހާރައިން ބުނެ އެވެ. އަދި ލެކިއުޓުން ޑެލިވަރީކުރާ ހުރިހާ ތަކެއްޗަކީ އޭގެ ޕެކޭޖިންގް ޑިސްއިންފެކްޓް ކުރެވި ސީލްކޮށްފައިވާ ތަކެތިކަމަށް އެ ފިހާރައިން ބުނެ އެވެ.

ލެކިއުޓުން ލިބެންހުންނަ ހުރިހާ ސާމާނެއް ވަގުތުން ވަގުތަށް އެ ފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް ބަލާލުމުގެ އިތުރުން ފިހާރައިގެ ލިބެންހުންނަ އަގައްވުރެ ހެޔޮކޮށް އޮރިޖިނަލް ސެންޓު ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެ އެވެ. އަދި މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް ދެކޭކަމަށް ވެސް ލެކިއުޓުން ބުނެ އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް