ads
ރައީސް މުއިއްޒާއި ގާސިމް އިބްރާހިމް
ހުސްގޮނޑީގެ ބާރެއް ނެތް، ދިވެހި ރައްޔިތުން އިތުބާރުކުރީ ރައީސް މުއިއްޒަށް: ގާސިމް
މަޖިލީހުގެ އިންތިހާބުން ރައީސް މުއިއްޒު ހޯދެއްވި ކާމިޔާބުން އެނގުނީ ހުސްގޮނޑީގެ ބާރެއްނެތްކަމަށާއި އެ ގޮނޑި ނިސްބަތްވާ ފަރާތުން ދައްކަވާ ވާހަކަތައް ރައްޔިތުން ބަލައިނުގަންނަކަންކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ނަތިޖާ ދައްކާގޮތުން ވެރިކަންކުރާ ޕީއެންސީ ވަނީ 71 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިހާބުގައި ވާދަކުރި ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއާ، ރައީސްް ޔާމީންގެ ޕީއެންއެފާއި ޝެއިހް އިމްރާން އަބްދުﷲގެެ އަދާލަތަށްް އެއްވެސް ގޮނޑިއެއް ލިބިފައެއްނުވެއެވެ. 

އިންތިހާބުގައި ސާރުކާރު ހޯދީ ކާމިޔާބީ ފާހަގަކޮށް މާމިގިލީ ދާއިރާގެ ގޮނޑި ދިފާއުކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒަށް ތައުރީފުކުރައްވާ ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒު ބޮޑު ކާމިޔާބީއެއް ހޯއްދެވީ ހުސް ގޮނޑިއެއް ބަހައްޓަވައިގެން ނޫންކަމަަށާއި އެ ހުސް ގޮނޑި ނިސްބަތްވާ ފަރާތުްނ ދައްކަވާ ވާހަކަތައް ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. ސަބަބެއްކަމަށް ގާސިމް ވިދާޅުވީ ރައީސް ޔާމިން ޕީއެންއެފުން މަޖިލީހުން އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައި ނުުވުމެވެ. އަދި ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ މުއިއްޒަށް ދިވެހި ރައްޔިތުން ދީފައިވާކަން ގާސިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.  

" ހުސްގޮޑި ނިޞްބަތްވާ ފަރާތުން ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތުތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން ވޯޓުގެ ނަތީޖާ އިން ދިވެހީން އެވަނީ ދައްކުވާ ދީފައި." ގާސިމް އިބްރާހިމް އެކްސްގައި ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުން ސުޕާ މެޖޯރިޓީ ދިނުމަކީ ރައީސް މުއިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ. 

" އަޅުގަނޑު ޤަބޫލު ކުރާހިތް އޮތީ، 2023 ގެ ރިޔާސީ އިންތިޚާބުވެސް އަދި މިއަދު އޮތް 2024 ގެ މަޖިލީސް އިންތިޚާބުވެސް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާކަން. އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގިކަށަވަރުވެފައި." ގާސިމް ވިދާޅުވިއެވެ.

މަޖލިސް އިންތިހާބުގެ ދާއިރާތަކަށް ޕީއެންސީ ކެންޑިޑޭޓުން ނެރުނުއިރު އެއްވެސް ކެންޑިޑޭޓަކު ނުނުރޭ 3 ދާއިރާގެ ތެރޭގައި ޖޭޕީގެ ލީޑަރުކަން ކުރައްވާ ގާސިމް އިބްރާހިމް ފުރުއްވަމުން ގެންދަވާ މާމިގިލީ ދާއިރާ ހިމެނެއެވެ. މިކަމާއި ގުޅިގެން ގާސިމް އިބްރާހިމް ވިދާޅުވީ އޭނާ ވާދަކުރައްވާ ދާއިރާއަށް ޕީއެންސީ ކެންޑޑޭޓަކު ނުނެރުނީ އެމަނިކުފާނު އެދިވަޑައިގެން ނޫންކަމަށެވެ.  

" އަޅުގަނޑު އެދިގެން ނޫންނަމަވެސް، މި އިންތިޚާބުގައި މާމިގިލީ ދާއިރާއަށް އަޅުގަނޑުވާދަކުރުމުން، އެދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ، އަޅުގަނޑަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުޢިއްޒު އަށް ވަކީން ޚާއްޞަ ޝުކުރެއް އަރިސްކުރަން." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

 ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 3 ދާއިރާއަކަށް ނުނީ ހުރިހާ  ދާއިރާއަކަށް ޕީއެންސީން ވަނީ ކެންޑިޑޭޓުން ނެރެފައެވެ. އެ ދާއިރާތަކަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވި މާމިގިލީ ދާއިރާއާއި، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މިހައއްމަދު ވާދަކުރެއްވި ދ. މީދޫ ދާއިރާއާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރެއްވި މާާފަންނު އުތުރު ދާއިރާއެވެ. ރައީސް މުއިއްޒު ވިދާޅުވީ އެ ދާއިރާތަކަށް ކެންޑިޑޭޓުން ނުނެރުނީ ޕާޓީތަކުގެ ލީޑަރުންނަށް އިހްތިރާމް ކުރުމުގެ ގޮތުންކަމަށެވެ. މި ހުރިހާ ދާއިރާއެއްގެ ގޮނޑި އެ ބޭފުޅުން ވަނީ ކާމިޔާބުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް