ކުޅިވަރު /
ބާސެލޯނާއިން ލިވަޕޫލްގެ ޑިއާޒް ބޭނުންވޭ
ސްޕޯޓްސް ޓީމް
22 އޭޕްރީލް 2024 - 21:21:04
އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން، ބާސެލޯނާއިން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑު ލުއިޒް ޑިއާޒް ހިމެނިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާއިން އަންނަ ސީޒަނަށް ހޯދަން ބޭނުންވަނީ ދެތިން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ޑިއާޒް ހިމެނޭއިރު، މިކަމާ ގުޅޭ ރަސްމީ އެއްވެސް ވާހަކައެއް އަދި ނުދެކެވެއެވެ.
ޑިއާޒްއަށް ބާސާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭނާ ހޯދަން ފްރާންސްގެ ޕީއެސްޖީންވެސް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
2027 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ޑިއާޒް ހުރިނަމަވެސް، ރަނގަޅު ޑީލެއް ލިބެންޏާ އޭނާ ވިއްކާލަން ލިވަޕޫލުން އޮތީ ތައްޔާރަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް