އުމުރުން 35 އަހަރުގެ ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ މައިރާ ކާވަލްހޯ މަޝްހޫރުކަން ހޯދީ ހެރީ ސްޓައިލްސްއާ މެދު އޭނާގެ އަށަގަނެވިފައިހުންނަ "އޮބްސެސިވް ބިހޭވިއާ" ގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ މީޑިއާތައް ރިޕޯޓްކުރާގޮތުގައި ފާއިތުވި ޑިސެމްބަރުން ފެށިގެން މައިރާ އައީ އޭނާގެ އާއިލާގާތު ނާންގާ އިނގިރޭސިވިލާތުގައި ދިރިއުޅެމުންނެވެ.
އެގޮތުން އޭނާ ހުއްޓުމެއްނެތި ކުރިއަށްގެންދިޔަ ފާރަލުމާ ހަރަކާތްތައް ނިމުމަކާ ހަަމައަށް އައީ މަހެއްހާ ދުވަސް ނުވަނީސް ލަވަކިޔުންތެރިޔާގެ އެޑްރެހަށް ހައިރާން ކުރުވަނިވި 8000 ކާޑު ފޮނުވުމުންނެވެ. ހެރީ އަށް މައިރާ ފޮނުވި ކާޑުތަކުގެ ތެރޭގައި ހިމެނެނީ ލޯބީގެ ސިޓީއާއި، ކައިވެނީގެ ކާޑުތަކާއި، އަދި ޖިންސީ ޝައުގުވެރިކަން ފާޅުކުރާ ފަދަ ސިޓީތަކެވެ.
މައިރާގެ އުނދަގޫކުރުމުގެ އަމަލުތައް މިހާހިސާބަށް ދޔުމުން ކަންބޮޑުވެފައިވާ ހެރީ ވަނީ ގާނޫނީ ފިޔަވަޅު އަޅަން އަވަސްވެ ގަނެފައެވެ. އެގޮތުން މި ފަހުން އައިސް މައިރާ ވަނީ ލަންޑަންގެ ކްރައުން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ ކޯޓުން ވަނީ ހެރީ އަށް ލިބު ހާސަކަމާ ވީ އުންދަގޫތައް ހާމަކޮށްފަ އެވެ.
މައިރާއަށް ކުރި "ސްޓޯކިން" ނުވަތަ ފަރާލުމުގެ ދައުވާތަކަށް އޭނާ އިއުތިރާފްވިނަމަވެސް އޭނާ ކުރި އަމަލުތައް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ކޯޓުން 14 ހަފްތާގެ ޖަލުކުމުމެއް އިއްވާ 10 އަހަރުވަންދެން ހެރީ ހުރި ތަަނަކަށް ނުވަތަ ފެންނަ ތަނަކަށް އައުން މަނާކުރިއެވެ. މި ހުކުމް ތަކުގެ އިތުރުން ހެރީ ގެ އެއްވެސް ކޮންސާޓަކަށްވެސް ވަނުން މަނާކޮށް 134 ޔޫކޭ ޕައުންޑްގެ ޖޫރީމަނާއެއް ކޯޓުން މައިރާއަށް ކޮށްފައިވެ އެވެ.
މިއީ 30 އަހަރުގެ ހެރީ ސްޓައިލްސް މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނު ފުރަތަަމަ ފަަހަރެއް ނޫނެވެ. 2019 ގައިވެސް ހެރީއަށް ވަނީ ފާރަލުމުގެ އުނދަގޫތަކާ ކުރިމަތިިލާންޖެހިފަ އެވެ.
ފެބްރުއަރީ 1994 ގައި އިނގިރޭސިވިލާތަް އުފަން ހެރީ މަޝްހޫރުވެ މަގުބޫލުކަން ހޯދަން ފެށީ ވަން ޑައިރެކްޝަން ބޭންޑް ގެ މެމްބަރެއް ގޮތުގަ އެވެ. 2022 ވަނަ އަހަރު ހެރީ ރިލީޒް ކުރި ސިންގަލް އަލްބަމް "ލޭޓް ނައިޓް ޓޯކިން" ވަނީ އަޑުއެހުންތެރިންގެ މަގުބޫލުކަން ހޯދާ, ބިލްބޯޑް ޗާޓު ކުރި ހޯދާ ބޮޑެތި ކާމިޔާބުތައް ހޯދާފަ އެވެ.