ads
މުންއިމް ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައި، ރައީސް މުއިއްޒު ފުރަތަމަ ފަހަރު މަގާމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ:ރައީސް އޮފީސް
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް އަނެއްކާވެސް މުންއިމް އައްޔަންކޮށްފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމަށްފަހު އެ މަގާމުން ވަކިކުރި މުންއިމް އަނީސް އަލުން އެ މަގާމަށް އައްޔަންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު 'އެކްސް' ވަނީ އަލުން އެ މަގާމަށް މުންއިމް އައްޔަންކުރުމުން މަރުހަބާގެ ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު މުންއިމް އައްޔަންކުރުމަށްފަހު އޭގެ ތިން ދުވަސް ފަހުން އޭނާ އެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.

މުންއިމް އެ މަގާމުން ވަކިކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި ސިޔާސީ މަގާމެއް އޭނާ އަދާކުރެއްވި ކަމަށް ބުނެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސަޕޯޓަރުންގެ ފާޑުކިއުންތައް އަމާޒުވުމާ ގުޅިގެންނެވެ. މުންއިމް ހުންނެވީ މެލޭޝިއާ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

މުންއިމް މަގާމުން ވަކިކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެކަން އެހެން ދިމާވެފައި ވަނީ ބަލަން ޖެހޭ ވަރަށް ބައެއް ކަންކަން ނުބަލައި މަގާމަށް އައްޔަންކުރެވުމުން ކަމަށެވެ. އެއީ އިދާރީގޮތުން ހެދިފައި އޮތް ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް