ads
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ދެމި ހުންނާނީ ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރުމުގައި ކަމަށް ވިދާޅުވި - ފޮޓޯ:މަޖިލިސް
ދެމި ހުންނާނީ ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރުމުގައި: އިމްރާން
ކުރިއަށް އޮތް ތަނުގައި ދެމި ހުންނާނީ ފަސް ވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސްސަފަށް ނެރުމުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ އޭނާގެ ހަޔާތުގެ ބާކީ އޮތް ބައިގައި ދެމި ހުންނާނީ މިހާތަނަށް ކުރަމުން އައި މަސައްކަތް ކަމުގައިވާ ފަސް ވަގުތު ނަމާދު ކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސްސަފަށް ނެރެ ބާރުވެރި ކުރުވަން ކަމަށެވެ.

އަދާލަތު ޕާޓީން އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ އިމްރާނާ އެކު ހަތަރު ކެންޑިޑޭޓެއް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި އެވެ. އެހެންނަމަވެސް އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް މަޖިލިހުގެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މަކުނުދޫ ދާއިރާއަށް އިމްރާން ވާދަކުރެއްވިއިރު، އޭނާއަށް ލިބިވަޑައިގެންފައި ވަނީ 821 ވޯޓެވެ. ހިނގަމުން މިދާ މަޖިލިހުގެ އެ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީއަށް 725 ވޯޓު ލިބިވަޑައިގެންނެވިއިރު، ގޮނޑި ކާމިޔާބު ކުރެއްވި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ އާދަމް ޝަފީގު ވަނީ 1،223 ވޯޓު ހޯއްދަވާފަ އެވެ.

އަދާލަތު ޕާޓީ އުފެދުނުތާ އަށާރަ އަހަރުވެފައިވާއިރު، މިހާތަނަށް އިންތިހާބުތަކުގައި މާބޮޑު ކުރިއެރުންތަކެއް އެ ޕާޓީއަށް ލިބިފައެއް ނުވެ އެވެ. އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ހޯދިފައި ވަނީ މަދު ބޭފުޅުންތަކަކަށެވެ.

ވެރިކަން ހޯދާ ގިނަ ކޯލިޝަންތަކުގައި އަދާލަތު ޕާޓީން މީގެ ކުރިން ހިއްސާވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގިނަ ސިޔާސީ މަގާމުތަކެއް އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ވަނީ އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް