ads
ރައީސް މުއިއްޒު އަރިހުގައި ވެމްކޯގެ އާ ޑީއެމްޑީ ޝަހީދު އިބްރާހިމް.
ވެމްކޯއަށް އަނެއްކާވެސް ޑީއެމްޑީއެއް
ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހިމް އައްޔަންކޮށްފި އެވެ.

މިދިޔަ ވެރިކަމުގައި އިދިކޮޅުން ހިންގި މުޒާހަރާތަކުގައި ކުރީ ސަފުން ފާހަގަވި ޝަހީދު އިބްރާހިމް ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފައި ވަނީ އިއްޔެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ވެމްކޯއަށް އިތުރު ޑީއެމްޑީއެއް އައްޔަންކުރިއިރު އެ ކުންފުންޏަކީ މިދިޔަ ސަރުކާރުން ނިމުނުއިރު ވަރަށްް ހާލުގައި އޮތް ކުންފުންޏެއް ކަމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ވެމްކޯއަކީ ވެސް ވަރަށް ހާލުގައި އޮތް ކުންފުންޏެއް ކަމަށާއި އަދިވެސް އެ ކަންކަމުން އަރައި ނުގަނެވޭ ކަމަށެވެ.

ވެމްކޯގެ ޑީއެމްޑީގެ މަގާމުގައި މިހާރު ވެސް ބޭފުޅަކު ހުންނަވަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ ކުރިން އެމްޑީޕީގެ ހުންނެވުމަށްފަހު މިދިޔަ 2021 ވަނަ އަހަރު ޕީޕީއެމަށް ގުޅިވަޑައިގެންނެވި މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީން މެންބަރުކަން ކުރެއްވި މުހައްމަދު އަބްދުލް ކަރީމް ވަނީ 2018 ވަނަ އަހަރު ރައީސް ސާލިހު ވެރިކަމަށް ގެނައުމަށްޓަކައި ވެސް މަސައްކަތްކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމެރީގައި ވެސް އޭނާ ވާދަކުރެއްވި އެވެ. އެހެންނަމަވެސް ޓިކެޓް ލިބިވަޑައިނުގަތުމުން އޭނާ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް