ads
އަބްދު ﷲ ޝާހިދު އެމަނިކުފާނުގެ ބައްޕާފުޅާއި އެކު
ރައީސް މުއިއްޒުގެ ތައުޒިޔާ ޝާހިދުގެ އާއިލާއަށް
ކުރީގެ ފޮރިން މިނިސްޓަރ އަދި އިދިކޮޅު އެމްޑީޕީގެ ރައީީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވުމުން އެމަނިކުފާނަށާާއި އެމަނިކުފާނުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ގިނަ ހިދުމަތްތަކެއް ކުރެއްވި މޫސާ ޖަމީލް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަބްދުﷲ ޝާހިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. 

" އެމް.ޑީ.ޕީ ގެ ރައީސް އޮނަރަބަލް އަބްދު ﷲ ޝާހިދުގެ ލޮބުވެތި ބައްޕާފުޅު، އަލް މަރްޙޫމް ދަރަވަންދޫގޭ މޫސާ ޖަމީލް، ހ. ރަބީޢީމަންޒިލް، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާއެކު. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمین." ރައީސް ކުރެއްވި ޕޯސްޓްގައިވެއެވެ.

މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރެއްވީ ކިޔަވައި ދެއްވުމުގައެވެ. މަދަރުސަތުއް ސަލާހިއްޔާގައި ކިޔަވާދެއްވި މޫސާ ޖަމީލަކީ ރާއްޖޭގައި އެންމެ ގިނަ އަދެއްގެ މުދިމުން ތަމްރީނުކޮށް ދެއްވި ހިދުމަތްތެރިޔާއެވެ. ކިޔަވާދެއްވުމުގެ އިތުރުން މޫސާ ޖަމީލު ވަނީ އިސް ފަނޑިޔާރެއްގެ ގޮތުގައި ގިނަ ގުނަ ހިދުމަތަކެއް ކޮށްދެއްވާފައެވެ.

މޫސާ ޖަމީލުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްދާނުލުން އޮންނާނީ ގަލޮޅު ސަހަރާގައެވެ. މައްޔިތާގެ މޫނު ދެއްކުން އޮންނާނީ 11:30 ފެށިގެން އިސްލާމީ މަރުކަޒުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް