ads
ވަޒީރު ޝަހީމް އާއްމުކުރެއްވި، އަލަށް އަޅާ މިސްކިތްތައް ހުންނާނެ ގޮތުގެ ޑިޒައިން
އަލަށް އަޅާ މިސްކިތްތަކުގެ ފަރުމާ ޝަހީމް ދައްކާލައިފި، އޭސީވެސް ކުރާނެ
އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދައްކާލައިފިއެވެ.

ޝަހީމް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަލަށް އިމާރާތްކުރާނެ މިސްކިތްތައް ހުންނާނެ ގޮތުގެ 3 ކުރެހުމެއް ހިއްސާ ކުރައްވާފައެވެ. 

ވަޒީރު ވިދާޅުވީ އެ ފަރުމާތަކަކީ 300/ 500/ 700 މީހުންގެ ޖާގައިގެ އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންކަމަށެވެ. އަދި އެ މިސްކިތްތައް ފަރުމާކޮށްފައިވަނީ ފަރުމާކޮށްފައިވަނީ ސޯލާ ހަރުކުރާގޮތަށް ކަމަށާއި މިސްކިތް އިމާރާތްކޮށް ނިމޭއިރު އެ މިސްކިތްތައް ހުންނާނީ އެސީކޮށްފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަހީމް އަލީ ސައީދު ވިދަޅުވީ ރިޔަން އިން ފަރުމާކޮށްފައިވާ ޑިޒައިންތަކަށް އިމާރާތްކުރާ މިސްކިތްތައް ބިނާކުރަން އަންނަ ޖޫން މަހު ފައްޓަވާނެކަމަށެވެ.

" އިންޝާ ﷲ ޖޫން މަހުގައި މި ޑިޒައިންތަކަށް މިސްކިތްތައް ބިނާކުރަން ފަށާނެ. މި މިސްކިތް ފަރުމާކޮށްފައިވަނީ ރިޔަން އިން." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެެވެ.

your imageވަޒީރު ޝަހީމް އާއްމުކުރެއްވި، އަލަށް އަޅާ މިސްކިތްތައް ހުންނާނެ ގޮތުގެ ޑިޒައިން

މިސްކިތް ބިނާކުރުމަށް ޝަޢުގުވެރިވާ އަމިއްލަ ފަރާތްކަށް، އެކަމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ އިދާރީީ އެހީތެރިކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް މީގެ ކުރިން ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި މި ސިޔާސަތުގެ ދަށުން މާލެއާއި ހުޅުމާލޭ އިތުރުން ބައެއް އަތޮޅުތަކުގައި މިސްކިތް ބިނާކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު މިނިސްޓްރީން ދީ އެކަމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް