ads
ރައީސްގެ އަނބިކަނބަލުން ސާޖިދާ
އެކްސެލްގެ ދަސްވެނިވުން ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވައިފި އެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ ރަސްމިޔާތުގައި އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވައި އެކަމަނާ
ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 109 ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ.

އަދި މި ޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން ޤުރުއާނުގެ ފުރަތަމަ 2 ފޮތް އަދި 1 ފޮތް ހިތުދަސްކުރި ޖުމްލަ 38 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ. 

އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިއަހަރު 210 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާސިލުކޮށްފައިވެ އެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ހުޅުވިތާ މިއަހަރު 13 އަހަރު ފުރޭނެއެވެ. އަދި އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. 1006 ކުދިން މިވަގުތު ތަޢުލީމު ޙާޞިލުކުރަމުން އަންނަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަރނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް