ads
ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގއި ދަރިވަރަކު ކިޔަވަނީ
ގައުމީ ގުރުއާން މުބާރާތް އަނެއްކާވެސް ފަސްކޮށްފި
އަންނަ މަހުގެ 27 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގައުމީ ގުރުއާން މުބާރާތް ފަސްކޮށްފައިވާކަަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ބުނެފިއެވެ.

މީ މުބާރާތް ފަސްކުރި ތިންވަނަ ފަހަރެވެ. މިއަހަރުުގެ މުބާރާތް ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 23ގައެވެ. އެެހެންނަމަވެސް ގްރޭޑް 10 ގެ ދަރިވަރުންގެ މޮކް އެގްޒާމް ދިމާވާތީ، އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ބުނެ  މުބާރާތް ބާއްވާ ތާރީހު މިމަހުގެ 27 ލަސްކުރިއެވެ. 

އަނެއްކާވެސް މުބާރާތް ލަސްވިކަން އިއުލާންކޮށްް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ބުނީ ދެން މުބާރާތް އޮންނާނީ އަންނަ ޖޫންމަހުގެ 29 ގައިކަމަށެވެ. އަދި މި ފަހަރު މުބާރާތް ލަސްކުރީ ސްކޫލްތަކުގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނާއި ދިމާވާތީކަމަށްވެސް އެ މަރުކަޒުން ބުނެއެވެ. 

36 ވަނަ ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިިިދިޔަ ޖެނުއަރީ މަހު 22ގެ ނިޔަލަށް ހަމަވެފައެވެ. 

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހާފިޒުންނަށާއި، ސުކޫލުތަކުގެ ދަރިވަރުންނަށާއި، ޔުނިވާސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ގުރުއާން ކުލާސްތަކަށް ވަނީ ދީފައެވެ. މީގެއިތުރުން ގުރުއާނުގެ ދާއިރާ ނުވަތަ ދީނީ ގޮތުން ހޭލުންތެރި ކުރުވުން އެ ފަރާތެއްގެ މަގުސަދުގައި ހިމެނޭ އެންމެހާ ކުލަބު ޖަމިއްޔާއަކަށް ފުރުސަތު ދިނެވެ. 

މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހީންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި ގުރުއާން ހިތުދަސްކުރުމަށް ބާރުއެޅުން ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ބުނެއެވެ.

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް