ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 23 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުޅުން ފަށާފައިވާއިރު، މި މުބާރާތުގައި މި ފަހަރު އަށް ޓީމުން ވާދަކުރެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބާއި އެންމެ ފަހުގެ ރަނަރަޕް ކުލަބު ގްރީން ސްޓްރީޓްސްއެވެ. މި މެޗު ފަސޭހަކަމާއެކު 101 ޕޮއިންޓް، ހަތް ޕޮއިންޓުން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސްއިންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ދޭކުން ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) އާއި ސްޕޯޓްސް ކުލަބު ޝައިނިން ސްޓާއެވެ. މި މެޗު 66 ޕޮއިންޓް، 20 ޕޮއިންޓުން ކާމިޔާބުކުރީ ކޭވައިއާރްސީ އިންނެވެ.