ads
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް ސައޫދީ ފަންޑުގެ އިސްވެރިންނާ އެކު - ފޮޓޯ:ސައުދީފަންޑް
އިކޮނޮމިކް މިނިސްޓަރު ސައީދާއި ފޮރިން މިނިސްޓަރު ޒަމީރު ވެސް ސައުދީއަށް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
Advertisement

ފޮރިން މިނިސްޓަރު ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދު ސައުދީއަށް ވަޑައިގަތީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި 700 އަށް ވުރެ ގިނަ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ޒަމީރުގެ ދަތުރުގައި އެކި ގައުމުތަކާއި ޖަމިއްޔާތަކުގެ ވެރިންނާ ބައްދަަލުކުރައްވާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ދެ މިނިސްޓަރުން ސައުދީއަށް ވަޑައިގެންނެވިއިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވެސް މިވަގުތު ތިއްބެވީ ސައުދީގަ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ސައުދީއަަށް ވަޑައިގެންފައި ވަނީ މުސްލިމް އެކި ގައުމުތަކުގެ ދީނީ އިލްމުވެރިން ތިއްބަވާ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ޖަމާއަތުގެ ސުޕްރީމް ކައުންސިލަށް ޝަހީމް އައްޔަންކޮށްފައި ވަނީ މިފަހުންނެވެ.

މި ދަތުރުގައި ސައުދީގެ އިސްލާމިކް މިނިސްޓަރާ ޝަހީމް ވަނީ ބައްދަލުކުރައްވާފަ އެވެ. އޭގެ އިތުރުން ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީ އާ ވެސް ޝަހީމް ވަނީ ބައްދަލުކުރައްވާފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ޒަކާތު ހައުސް ކުރިއަރުވަން މުވައްޒަފުންނާއި ޝަރީއާ ބޯޑު ތަމްރީނު ކުރުމުގެ އިތުރުން ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ގުޅޭގޮތުން އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޝަފީގުގެ ދަތުރުގައި ބައިނަލްއަގުވާމީ މާލީ އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާފަ އެވެ. އޭގެ ތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާ އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ. ބައްދަލުވުންތަކުގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް