ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަކީ "ސްޕެޝަލް އިކޮނޮމިކް ޒޯން" ގެ ނަމުގައިރާއްޖޭގައި މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައެޅުމާއި، އުފެއްދުމާއި، ހިންގުމާއި، އެ ޒޯނުތަކުގައި އިންވެސްޓްކުރުމާއި، އެ ޒޯނުތައް ތަރައްގީކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ ޢިނާޔަތްތަކާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެކެވެ. މިގާނޫނުގެ މަގްސަދުގެ ތެރޭގައި ރާއްޖޭގެ ސިނާއީ، އިގްތިސާދީ، އިޖްތިމާއި، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެއަށް ލިބޭ ބޭރުފައިސާ އިތުރުކުރުން ހިމެނެ އެވެ.
އިކޮނޮމިކް ޑިވެލޮޕްމެންޓް ސަރަހައްދަުތަކުގައި މިއަހަރަށް ކުރިއަށްގެންދަން ހަަމަޖެހިފައިވާ މަސައްކަތްތައް:
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަކީ 100 މިލިއަން ޑޮލަރަށް ދަށްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަރާރެއް ނެރުއްވައިފި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ގަރާރުގައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމެންޓް ގާއިމު ކުރުމަށް އެ ފަރާތުން ހަރަދު ކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމެންޓް އަދަދު ކަމުގަ އެވެ.
މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމުގެ ބިޔަ މަޝްރޫއެއް ހިންގަން މިދިޔަ ހަފްތާ ތެރޭގައި ވަނީ ހުއްދަ ދޫކޮށްފަ އެވެ. ބޯޑް އޮފް އިންވެސްޓްމަންޓްސްއިން ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕްއަށް ދޫކުރި މި ހުއްދައަކީ އެސްއީޒެޑް ގާނޫނުގެ ދަށުން ދޫކުރި ފުރަތަމަ ހުއްދަ އެވެ.