ads
ހިމަންދޫގައި ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ އިމާރާތް
ހިމަންދޫ ފެނާއި ނަރުދަމާ މަސައްކަތް ނިންމާ ހަވާލުކޮށްފި
އއ. ހިމަންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ނިންމާ ޓެސްޓްކޮށް ނިންމައިފިއެވެ.

އއ. ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ނެވެ. އެކުންފުންނާއި މި މަސައްކަތް ހަވާލުކުރީ 15 ނޮވެމްބަރު 20220 ގައެވެ. އެފަހަރު 20 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރިއެވެ.

ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން 65.83 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. 

your imageހިމަންދޫގައި ގާއިމުކުރި ފެނުގެ ނިޒާމު ޓެސްޓްކުރަނީ 

ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 6.35 ކިލޯ މީޓަރުގެ ދިގު، ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމްކޮށް އާރް.އޯ ފެސިލިޓީ އިމާރާތް ވަނީ އަޅާފައެވެ. ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބަހައްޓާ ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓިފައިވެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. 

your imageހިމަންދޫގައި ގާއިމުކުރި ނަރުދަމާގެ ނިޒާމު ޓެސްޓްކުރުމުގެ މަސައްކަތް ކުރަނީ 

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކޮށް، 956 މީޓަރގެ ޕަންޕިން ލައިނެއް އެޅުން ހިމެނެެއެވެ. ނަރުދަމާގެ އިދާރީ އޮފީސް އިމާރާތް ކުރުމާއި، 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުންވެސް ހިމެނެއެވެ. 

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކޮޅުތައް ގުޅައިދީ، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުންވެސް ވަނީ ހިމަނާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް