ads
ސަލާރު ޕާޓޫ 2
ސަލާރު ޕާޓް 2 އަށް ކުރަންޖެހޭ އިންތިޒާރު ދިގުވެދާނެ
ޕްރަބަސް، ޕްރިތުވިރާޖް ސުކުމަރަން އަދި ޝުރުތީ ހާސަން އެކުލެވޭ "ސަލާރު ޕާޓް 1: ސީޒްފައަރ" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ޕްރަޝާންތު ނީލްގެ ބެލުމުގެ ދަށުން ތައްޔާރުކުރެވުނު މި އެކްޝަން-ތުރިލާ  700 ކްރޯޑަށް ވުރެ ބޮޑި ކާމިޔާބީއެއް ހޯދާފައިވެއެވެ. 

ނެޓްފްލިކްސް މެދުވެރިކޮށް ދެއްކުމަށްފަހު ވެސް ގިނަ ދުވަސްތަކަކަށް މި ސިނަމާ ޓްރެންޑިންގ ލިސްޓްގައި ހިމެނިގެން ދިޔައެވެ. 

ޕްރަބަސްގެ ހުނަރުވެރި ރޯލަށް ބެލުންތެރިން ވަރަށް ބޮޑަށް އިމްޕްރެސް ވެފައިވާއިރު، ޕާޓް 1 ގެ ނިމުމާއެކު ޕާޓް 2 އާމެދު ގިނަ ސުވާލުތައް އުފެދިފައި ވެއެވެ. ޕާޓް 2 ގެ ޕްރޮޑަކްޝަން މަސައްކަތް މިހާރު ފެށިފައިވީ ނަމަވެސް ރިލީޒް ކުރުން ލަސްވެދާނެކަމުގެ އިޝާރާތްތައް ފެންނަން އެބަހުއްޓެވެ.

ނަމަވެސް ޕާޓް 1 ގެ ބޮޑު ކާމިޔާބީން ބެލުންތެރިންގެ އިންތިޒާރު އިތުރަށް ބޮޑުވެފައިވާއިރު، ޕާޓް 2 ވީހާވެސް އަވަހަށް ދެކެން ބޭނުންވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކާސްޓިންގ، ލޮކޭޝަން އަދި ވާހަކައިގެ ގޮތުން ޕާޓް 2 ގައި ގިނަ ސަޕްރައިޒްތަކެއް އޮންނާނެކަމަށް ބެލެވެއެވެ. 

"ސަލާރު" ސިނަމާ މި އަހަރު ނިމުމުގެ ކުރިން ނުވަތަ 2024 ގެ ބޮޑު ސިނަމާތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް