ads
އަނޫޕާމާ
އެންމެ ފަހުން އަނުޕަމާ ގެއިން ނެރެލައިފި
ޓީވީ ޑްރާމާ ސިލްސިލާ "އަނުޕަމާ" ގެ އެންމެ ފަހުގެ އަޕްޑޭޓުގައި، އަނުޕަމާ (ރުޕާލީ ގަންގޫލީ) އާދިޔާގެ ޕެނިކް އެޓޭކްތަކާ ހެދި، އަމެރިކާގައި އަނުޖްގެ ގެއަށް ބަދަލުވާތަން ފެނިގެން ދާނެއެވެ. އަނުޖް ބޭނުންވީ އާދިޔާއަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.

ސްޕޮއިލަރ އިން ހާމަވި ގޮތުގައި،  ދޮރުގައި ޓަކި ނުޖަހާ އަނުޕަމާ އާދިޔާގެ ކޮޓަރިއަށް ވަދެއެވެ. އެ ވަގުތު އާދިޔާ ޕެނިކް އެޓޭކެއް ކުރިމަތިވެފައި ވާތީ އެ މަންޒަރު ދުށުމުން އަނުޕަމާ ވަރަށް ބޮޑަށް ހައިރާންވެއެވެ. ނަމަވެސް، އަނުޕަމާ ފެނުމުން އާދިޔާ ރުޅިއައިސް، އިހާނެތި ބަސްތައް ކިޔައި އަނުޕަމާއަށް ކޮޓަރިން ބޭރަށް ނުކުތުމަށް އަންގައެވެ. 

އަނުޕަމާ ބުނީ ޝްރޫތީގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި އަމެރިކާއަށް ދިޔަ ކަމަށެވެ. ނަމަވެސް ޝްރޫތީ ވެސް އާދިޔާއާ އެއްކޮޅަށް އަރައި އަނުޕަމާ ގެއިން ނުކުތުމަށް އަންގައެވެ. 

ޢާދިޔާގެ ފަރާތުން ތަކުރާރުކޮށް ކުރިމަތިވާ އިހާނެތިކަމާ އެކު ވެސް، އަނުޕަމާ ހުރީ ޝްރޫތީ އާއި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައެވެ. އާދިޔާގެ ޕެނިކް އެޓޭކްތައް ދިމާވުމުން އަނުޕަމާ އަށް މި ޙާލަތްތަކުގައި ޢާއިލާއަށް އެހީތެރިކަން ބޭނުންވާނެކަން އިތުރަށް ޔަގީންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް