މި ވީޑިއޯއަކީ އިންޑިއާގެ އާއިލާއަކަށް ދިމާވި ހާދިސާއެއްގެ ސީސީ ޓީވީ ފުޓޭޖެއްކަމަށް ބުނެ އެކްސް ގައި ދައުރުކުރަމުން އަންނަ ފުޓޭޖެކެެވެ.
ވީޑިއޯއިން ފެންނަނީ މަންމައަކު ފޯނުގައި ހުރި އޭނާގެ ދަރިފުޅު ފުރިޖަށް ލާ މަންޒަރެވެ. އަދި ފުރިޖަށްލުމަށްފަހު އައިސް ސޯފާގައި ފޯނުން ވާހަކަ ދައްކަން އިނދެއެވެ.
ދަރިފުޅު ނެތްކަން އިހުސާސް ވަނީ ދަރިފުޅުގެ ޕައްޕަ ނުކުމެ ދަރިފުޅު ކޮބައިތޯ އެހުމުންނެވެ.
މި ވޯޑިއޯއާމެދު އެކި މީހުންގެ ހިޔާލު ތަފާތުވެފައިވާއިރު، މިއީ ކުޅެފައިވާ ވީޑިއޯއެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.