މާލޭ ސިޓީ ކައުންސިލުން މިސްކިއްތައް ސާފުކުރަން ދިވެހިން ހޯދަން ހުޅުވާލި ފުރުސަތައް ތަރުހީބުބޮޑުކަމަށް ކައުންސިލުން ހާމަކޮށްފައިވާއިރު މިއަދު ސީއެންއެމް އިން ވަނީ މިސްކިތް ސާފުކުރުމުގެ މަސައްކަަތައް ދިވެހިން ހޯދަން ކުރި މަސައްކަތުގެ ކަންކަން ދިޔަ ގޮތާއި މެދު ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މޭޔަރު އާޒިމް ވަނީ މުވައްވަފުންނާ އިންޓަވުއުގެ ކުރުމުގެ މަރުހަލާ މިހާރު ނިމިފައިވާކަމަށާއި އަދި ކުރިއަށް އޮތް ދެ ހަފުތާ ތެރޭ އެ މުވައްޒަފުން ވަޒީފާއަށް ނިކުންނާނެކަމަށް ވިދާޅުވެފައެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އާޒިމް އިތުރަށް ވިދާޅުވި ހުރިހާ އުމުރުފުރައެއްގެ މީހުން މިސްކިތް ސާފުކުރުމުގެ ވަޒީފައަށް ކުރިމަތިލިކަމަށެވެ. އެގޮތުން ވަަރަށް ދުވަސްވީ މީހުންނާއި 50 އަހަރުން މަތީގެ މީހުން އުޅޭކަމަށްވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ވަކި އުމުރުފުރައަކަށް ވަޒީފާ ދޭން ކަނޑައަޅާފައި ނުވާނެކަމަށާއި ސިއްހަތު ރަަނގަޅު ކޮންމެ މީހަކަށްވެސް ވާޒީފާދޭ ގޮތައް ވާނީ ހަަމޖައްސާފައިކަަމަށް އާޒިމް ވަނީ ސީއެންއެމްއަށް މައުލޫމާތު ދީފައެވެ.
މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ނުލިބޭތީ ކުރިން އޮންނަ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓު ތިން އަހަރަށް ބަދަލު ކުރަން މާލޭ ސިޓި ކައުންސިލުން ނިންމާފައިވަނީ މިދިޔަ މާޗު މަހުގައެވެ. އެ މަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އާޒިމް ވަނީ ކައުންސިލްގެ އެކި ބޭނުންތަކަށް އެއް އަހަރު ދުވަހަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓު ތިން އަހަރަށް ބަދަލު ކުރުމަށް ހުށަހަޅުއްވާ ފައެވެ. އެގޮތުން އެއިރު ކައުންސިލުން ނިންމީ ތިން އަހަރަށް ކޮންޓްރެކްޓު ބަދަލުކޮށް އަލުން ދިވެހީން ހޯދުމަށްް އިއުލާނުކުރުމަށެވެ.