ads
އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމަށް ދެ ބޭފުޅުން ވަނީ އައްޔަންކުރައްވާފައި - ފޮޓޯ:ރައީސް އޮފީސް
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

މިނިސްޓަރުންގެ ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ނަސީރު ބަދަލުކުރީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށެވެ.

މި ބަދަލު ގެނައި ސަބަބެއް ސަރުކާރަކުން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ނަސީރުގެ އިތުރުން މިނިސްޓަރު ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުވެސް ވަނީ އައްޔަންކުރައްވާފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގައި 4 ސްޓޭޓް މިނިސްޓަރުންނާއި 7 ޑެޕިއުޓޓީ މިނިސްޓަރުން ތިއްބަވައެވެ. މީގެއިތުރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްވެސް ފިނޭންސް މިނިސްޓްރީގައި ހުންނަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް