ads
ރޭ ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެން ބޮޑުވެފައި-- ފޮޓޯ: އެންޑިއެމްއޭ
ފެންބޮޑުވުން ކޮންޓްރޯލުކޮށް އާންމު ހާލަަތަށް ގެނެސްފިން: ގުރައިދޫ ކައުންސިލް
މޫސުން ގޯސްވެ ރާއްޖެއަށް ކުރި ބޯ ވިއްސާރާގައި ކ. ގުރައިދޫގައި އިއްޔެ ފެންބޮޑުވި ފެންބޮޑުވުން ކޮންޓްރޯލްކޮށް އާމުން ހާލަތަށް ގެނެސްފައިވާކަަމަށް ގުރައިދޫގެ ކައުންސިލް ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ކ. ގުރައިދޫގެ ގޭގެއަށް ވަނީ އިއްޔެ އެކި ވަރުވަރުގެ ގެއްލުން ލިބިފައެވެ. އެގޮތުން މިއަދު ސީއެންއެމްއަށް އަށް މައުލޫމާތު ދެއްވަމުން ގުރައިދޫގެ ކައުންސިލް ރައީސް ވިދާޅުވީ މިހާރު އޮތީ ފެންބޮޑުވުން ކޮންޓްރޯލްވެ އާންމު ހާލަތަަށް ގެނެވިފައި ކަމަށް ހާމަކޮށްފަ އެވެ.

މީގެ އިތުރުން ފެންވަދެ 50 ހައް ވުރެއް ގިނަ ގޭގެއަށް  އެކި ވަރުވަރުގެ ގެއްލުން ލިބިފައިވާކަމަށް ކައުންސިލް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ފެންބޮޑުވި ބައެއް ގޭގޭގެ މީހުން ގެސްޓް ހައުސްތަކަށް ރޭ ބަދަލުކޮށް، ކެއުމާއި އެހެނިހެން އިންތިޒާމްތައް ކައުންސިލްގެ ފަރާތުން ހަަމަޖައްސާފައިވާކަަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދ މިވަގުތު ދަނީ ލިބުނު ގެއްލުންތައް ބަލަމުން ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ލިބުނު ގެއްލުންތައް ކައުންސިލުން ދަނީ ބަލަމުން، މުވައްޒަފުންވެސް އެކަމުގައި މިހާރު އެ އުޅުއްވަނީ ، ފެން ވަދެ 50 ހައްވުރެއް ގިނަ ގޭގެއަށް އެކި ވަރުވަރުގެ ގެއްލުން ލިބިފައި ވަނީ، ބައެއް ގެސްޓް ހައުސްތަކުގައި މީހުން އެކަމޮޑޭޓްކުރި، ކެއުން ބުއިމުގެ ކަންކަންވެސް ކައުންސިލުން ހަމަޖެއްސި ރޭގައި" ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެމުން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް އާސިލް ވިދާޅުވީ ރޭ ދަންވަރު 3:30 ހާއިރު ގުރާދޫގައި ފެން ހިންދުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އެންޑީއެމްއޭއިން ވެސް ވަނީ ގެއްލުންވި ގެތަކުގެ ހާލަތު ބަލަމުން ދާކަމަށް ހާމަކޮށްފަ އެވެ.

ގ.ގުރައިދޫއަކީ 2023 ވަނަ އަހަރު ގެ ޑިސެމްބަރު މަހު ކުރި ވިއްސާރާގައި ފެންބޮޑުވެ ގެއްލުންވި 5 ރަށުގެ ތެރެއިން އެއްރަށެވެ. އެގޮތުން އެ ފަހަރު ގުރައިދޫގައި 15 ގެއަކަށާއި ތިން ފިހާރައަށް ގެއްލުން ލިބިފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް