ads
ޕްލާސްޓިކް ކުންޏަށް ހާއްސަ ވެމްކޯގައި ބޭނުންކުރަން ފެށި އުޅަނދުތައް
ވެމްކޯއިން ޕްލާސްޓިކް ކުންޏަށް ހާއްސަ އުޅަނދުތަކެއް
ވެމްކޯގެ ކުނި ނެގުމުގެ މަސައްކަތުގައި ޕްލާސްޓިކް ކުންޏަށް ހާއްސަ އުޅަނދުތަކެއް ބޭނުންކުރަން ފަށައިފިއެވެ.

މި އުޅަންދުތައް ހަދިޔާކުރީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިންނެވެ. އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ ކޮކާ،ކޯލާ ފައުންޑޭޝަން (ޓީސީސީއެފް)އެވެ.

ވެމްކޯގެ ފްލީޓަށް އިތުރުކުރި މި އުޅަނދުތަކުގެ ތެރޭގައި 6 އުޅަނދު ހިމެނެއެވެ. އޭގެތެރޭގައި އިލެކްޓިރިކަލް ދެ ވެހިކަލްވެސް ހިމެނެއެވެ. 

މި އުޅަނދުތަކުގެ އެހީއާ އެކު ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުނި މެނޭޖުކުރުމުގައި މިފަދަ ‘ކްލީން އެނާޖީ ސޮލިއުޝަންސް’ ބޭނުންކުރުމަކީ ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މިހާރަށް ވުރެ ދަށްކޮށްދޭނެ ކަމެއްކަމަށްވެސް ވެމްކޯއިން ބުނެއެވެ.  

އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި މާނަ ހުރި މަސައްކަތްތަކެއް ކުރެވޭނެކަން އެނގިގެންދާކަމަށާއި އެ އުޅަނދުތަކާ އެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް