ads
އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން
ގާޒާ އަށް އެހީވެވެން އޮތީ ވެރިކަމުން ހަމާސް ދުރުކޮށްގެން: ކެމެރަން
އިޒުރޭލު ސިފައިން ގާޒާއަށް އަރައި ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދެވެން އޮތީ ގާޒާގެ ވެރިކަމުން ހަމާސް ދުރުކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ގަތުލުއާންމު ހިންގަމުންދާ އިރު، އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށް ދޭން އެތައް ހުރަސްތަކެއް އަޅައި، އެފަދަ މަސައްކަތްތަކުގައި އުޅޭ އދ އާއި އެ ނޫން ވެސް ޖަމާއަތްތަކުގެ މީހުންނަށް ހަމަލާދީ މަރާ ވެސް ލައިފައިވެ އެވެ.

ގާޒާ އަށް އެހީ ފޯރުކޮށް ދޭން އަނިޔާވެރި ޔަހޫދީން ހުރަސް އެޅުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެހި، އެކަމުގެ ސަބަބުން ވެސް އެތައް ސަތޭކަ ކުދިންނެއް ދުނިޔެ ދޫކޮށްފައިވެ އެވެ. އިިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 40،000 އެއްހާ މީހުން ޝަހީދުކޮށް، 1.7 މިލިއަން މީހުން މަގުމަތިކޮށްފައިވެ އެވެ.

ހަމާސް އަކީ ގާޒާގައި ވެރިކަމެއް ކުރެވޭ ވަރުގެ ގާބިލު ބައެއް ނޫން ކަމަށާއި ގާޒާގެ އާންމު ރައްޔިތުންނަށް ލިބިފައި ހުރި ހުރިހާ ދެރައެއްގެ ފަހަތުގައި އޮތީ ހަމާސް ކަމަށްވެސް ކެމެރަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމާސްއަށް މިހާރު ހުށަހަޅާފައި އޮތް ސުލްހައިގެ އެއްބަސްވުމުގައި އަސީރުން ދޫކޮށްލަން އޮންނާނީ ޝަރުތުކޮށްފަ އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެމަރަން ވަނީ މި ހުށަހެޅުމަކީ "ދީލަތި" ހުށަހެޅުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"ގާޒާ އާންމު ހާލަތަށް ބަދަލުކުރުމަށް ހަމާސްގެ ބާރު ކަނޑުވާލަން ޖެހޭ، ހަނގުރާމަވެރި ޖަމާއަތެއް ގާޒާގައި ވެރިކަންކުރާހާ ހިނދަކު އެ ތަނުގެ ވަޒަންވެރިންނަށް ރައްކާތެރިކަން ކަށަވަރު ނުވާނެ" ކެމަރަން ވިދާޅުވި އެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އިޒްރޭލާއި ހަމާސްއިން ކުރަމުން އަންނަ ޝަރުތުތަކުގައި ހުރި ފަރަގާ ގުޅިގެން މިސްރާއި ގަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ. ނަމަވެސް އިޒްރޭލުން އެންމެ ފަހުން ހުށައަޅާފައިވާ ޕްރޮޕޯސަލްއަށް ޖަވާބެއް ފޮނުވުމަށް މިސުރުގެ ގާހިރާއަށް ސަފީރެއް ފޮނުވާނެކަމަށް ހަމާސް އިން ވަނީ މިއަދު ބުނެފަ އެވެ.  

ހަމާސުން ބުނަމުން ދަނީ ބައިނަލްއަގުވާމީ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށާއި, ޔަހޫދީންގެ އުދުވާންތައް ހުއްޓައިލައި ގާޒާއިން ފައިބަން ޔަހޫދީ ސިފައިން ދެކޮޅު ހަދާ ނަމަ, ހަމަލާ ބަދަލު ކުރުން ހުއްޓައިލައި, އަސީރުން މިނިވަން ކުރަން އެއްބަސްނުވާނެ ކަމުގަ އެވެ. ނަމަވެސް, މި ކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކޮށް, ހައްލެއް ހޯދަން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް