ads
އެމްއާރުއެމްގެ އިވެންޓެއްގެ ތެރެއިން
އެމްއާރުއެމް އުވާލަން އިލެކްޝަނުން ހައި ކޯޓަށް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މެންބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ އުވާލި ނިންމުން ސިވިލް ކޯޓުން ބާތިލު ކުރުމުން، އީސީން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން އެ ޕާޓީ އުވާލި ނިންމުން ސިވިލް ކޯޓުން ބާތިލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މައްސަލަ އިލެކްޝަނުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ. އެހެންނަމަވެސް އެ މައްސަލަ ހައި ކޯޓަށް އަދި ބަލައިގަތް ކަމެއް އެނގިފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީއެއްގައި ތިބެން ގާނޫނުން ލާޒިމުކުރާ 3،000 މީހުން ހަމަނުވާ ކަމަށް ކަނޑައަޅައި އީސީން އެމްއާރުއެމް އުވާލީ މިދިޔަ އަހަރުގެ މެއި 24 ގަ އެވެ. އޭރު އީސީން ބުނީ އެގޮތަށް ނިންމީ މެންބަރުން ހަމަކުރަން ދިން ފުރުސަތުގައި ވެސް އެ އަދަދަށް މެންބަރުން ހަމަނުކުރެވުމުން ކަމަށެވެ.

އީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އޭރު ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅި އެވެ. މީގެ ކުރިން ކޯޓުން ވަނީ އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރެއް ވެސް ނެރެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް