އިގްތިސާދާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްވަރާތައް އޮތީ އެ ވުޒާރާގަ އެވެ. މި މަޝްވަރާތައް ކުރިޔަސް ގެންގޮސްފައިވަނީ އިގްތިސާދާއި ބެހޭ ވަޒީރާއި މުހައްމަދު ސައީދާއި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހާވާރާ ދެ ބޭފުޅުންގެ މެދުގައެވެ. މި މަޝްވަރާތަކާއި ބެހޭ އިތުރު ތަފްސީލެއް އިގްތިސާދާއި ބެހޭ ވުޒާރާއިން ހާމައެއް ނުކުރެއެވެ.
މިދިޔަ މަހު އިންޑިއާއިންވަނީ ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، މީގެ ކުރިން އިތުރުނުކުރާ މިންވަރަށް އެތެރެކުރުމުގެ ހުއްދަ ރާއްޖެއަށް ދީފައެވެ. އެގޮތުން ކޯޓާ މި އަހަރު އާކޮށްދިން އިރު %5 އިތުރުކޮށްދީފައިވާކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށާއި އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ. މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާ ފަސް ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އިންޑިއާގެ މި ނިންމުމާއި ގުޅިގެން ދޭހަކަޮށްދެނީ ދެ ގައުމުގެ މަދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިިކަމުގެ ރަމުޒެއްކަމަށް ހާރިޖީ ވަޒީރު މުސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދޭން އެގައުމުން ނިންމި ތުރުކީ ވިލާތުން ކަޑުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެކަމަށް މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ވިދާލުވެފއިވަނިކޮށެވެ.
ތުރުކީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ގެންނަ ކާޑު ފުރަތަމަ ޝިޕްމެންޓް މިއަހަރުގެ ފެބްރުއަރީގައި ރާއްޖެ އަންނާނެކަމަށް ރައީސް ވިދާޅުވިނަމަވެސް އެ ޝިޕްމެންޓް މިހާތަނަށްވެސް އައިސްފައެއް ނުވެއެވެ.