ads
ރަސްމީ ރިޒާވުގައި ހުރި ޑޮލަރުގެ އަދަދު މިދިޔަ މަހު ދަށަށް
ރަސްމީ ރިޒާވުގައި ހުރި ޑޮލަރުގެ އަދަދު މިދިޔަ މަހު ދަށަށް ހިގައްޖެއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތަށް މިދިޔަ މާރިޗުމަސް ނިމުނު އިރު ރިޒާވްގައި ހުރީ 541.8 މިލިއަން ޑޮލަރެވެ. މީ އޭގެ ކުރީ ފެބްރުއަރީ މަހު ހުރި އަދަދަށްވުރެ 47 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިިދިޔަ އަހަރުގެ މާރިޗުމަހާއި އަޅާ ބަލާއިރުވެސް 228.8 މިލިއަން ޑޮލަރުގެ މަދުވުމެކެވެ. 

ރަސްމީ ރިޒާވުގައި މިިދިޔަ ފެބްރުއަރީމަހު ހުރީ 588.8 މިލިއަން ޑޮލަރެވެ. މިިދިޔަ އަހަރުގެ މާރިޗުމަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 764.6 މިލިއަން ޑޮލަރެވެ. 

ރަސްމީ ރިޒާވުގެ އިތުރުން ބޭނުން ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަހު ހުރި އަދަދުވެސްވެސް ވަނީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ދަށަށް ގޮސްފައެވެ. މިދިޔަ ފެބްރުއަރީ މަހު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 113. 7 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ފެބްރުއަރީގައި ބޭނުންކުރެވޭ ރިޒާވްގައި 128.8 މިލިއަން ޑޮލަރު ހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް