ads
ޕުޝްޕާ 2
ޕުޝްޕާ 2 ގެ ފުރަތަމަ ލަވަ "ޕުޝްޕާ ޕުޝްޕާ" ނެރެފި
ބޮލީވުޑުގެ މަޝްހޫރު ތަރި އަލްލު އަރުޖުން މަޑުކޮށްލައިގެން އިންތިޒާރުކުރާ، "ޕުޝްޕާ 2: ދަ ރޫލް" ފިލްމުގެ ފުރަތަމަ ލަވަ "ޕުޝްޕާ ޕުޝްޕާ" ނެރެފިއެވެ.

ފިލްމުގެ ފުރަތަމަ ބައި، "ޕުޝްޕާ: ދަ ރައިޒް" ގައި ފެނުނު ފޭންސުންގެ ހިތްތައް ކާމިޔާބުކުރި ލަވަތަކުގެ ރާގުތައް އަލުން ފެންނާނެކަމުގެ ޔަގީންކަން މި ލަވައިން ލިބިގެން ދިޔައެވެ.

މި ލަވައިގެ ސަބަބުން، ޕުޝްޕާ 2 އަށް ފޭންސުންގެ ޝައުގުވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. ސޯޝަލް މީޑިއާގައި ފޭންސުން ފިލްމުގެ ރިލީޒް ޑޭޓަށް އެދެމުން އަންނައިރު، ޕުޝްޕަރާޖް ކަމުގައިވާ އަލްލު އަރުޖުން ކުޅޭ ކެރެކްޓަރުގެ މަންޒަރުތައް ވެސް ބަލާލަން ފޭނުން ތިބީ މިހާރު ކެތް މަދުވެފައެވެ. 

"ޕުޝްޕާ ޕުޝްޕާ" ލަވަ ނެރެފައިވާއިރު، ފިލްމުގެ ޝޫޓިން މަސައްކަތްތައް ވެސް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ފިލްމުގައި ރަޝްމިކާ މަންޑައިންނާ، ފަހާދު ފާސިލް، ޖަގަދީޝް ޕްރަތާޕް ބަންޑާރީ، ޖަގަޕަތީ ބާބު، ޕްރަކާޝް ރާޖް އަދި އަނަސޫޔާ ބަރާޑްވާޖް ކަހަލަ ބޮޑެތި ތަރިން ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް