ads
އަތޮޅު ދުވުން ގޭމުގެ މި މަހުގެ އެއްވަނަ ހޯދާ ފަރާތަކަށް ލިބޭނީ ޕްލޭސްސްޓޭޝަން ފަހެއް
އުރީދޫ އަތޮޅު ދުވުމުގެ މި މަހުގެ އެއްވަނައަށް ޕްލޭސްސްޓޭޝަން ފަހެއް
އުރީދޫ މޯލްޑިވްސްގެ އަތޮޅު ދުވުން ގޭމް ކުޅެގެން މެއި މަހުގެ އެއްވަނަ ހޯދާ ފަރާތަކަށް ޕްލޭސްސްޓޭޝަން ފަހެއް ދިނުމަށް އުރީދޫން ހުށަހަޅައިފި އެވެ.

އުރީދޫން ހުރިހާ އުމުރެއްގެ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ އަތޮޅު ދުވުމުން މި މަހު ފެންނަނީ ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ ސިޓީ އެވެ. ރާއީ މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުން މެއި މަހުގައި މާލޭގައި ދުވެގެން ލީޑާ ބޯޑުގެ އެއްވަނަ އާއި ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް އެ ކުންފުނިން ވަނީ ހުށަހަޅާފަ އެވެ.

މި މަހުގެ އަތޮޅު ދުވުމުން ލީޑާ ބޯޑުގެ އެއްވަނަ ހޯދާ ފަރާތަކަށް އުރީދޫން ހުށަހަޅާފައި ވަނީ ޕްލޭސްޓޭޝަން ފަހެކެވެ. ދެވަނައަށްދާ ފަރާތަަކަށް ސޮއްޓިބިޒްގެ ފަރާތުން ގޯޕްރޯ ހީރޯ ބްލެކް މިނީ 11 އެއް ހުށަހަޅާފައިވާއިރު، ރެޑްވޭވްގެ ފަރާތުން 55 އިންޗީގެ ސްމާޓް ޓީވީއެއް ތިންވަނައަށްދާ ފަރާތަަކަށް ދޭނެ އެވެ.

ޖުމްލަ 12 ލެވެލް ހިމެނޭ "އަތޮޅު ދުވުން" ގޭމުގައި ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރު ކުރެވޭނެ އެވެ. އުރީދޫން ބުނި ގޮތުގައި އަންލޮކް ކުރެވޭ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހެއްގައި ކަމުގަ އެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނޭއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އަތޮޅު ދުވުން ގޭމަކީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ކެޝުއަލް ރަނާ" ގޭމެވެ. މި ގޭމް ތައްޔާރުކޮށްފައި ވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް