ads
ޔާމީން
ޔާމީންގެ މައްސަލަ ދޫކޮށްލުމުގެ ވިސްނުމެއްނެތް: ޕީޖީ އޮފީސް
ކުރީގެ ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލަ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ވ. އާރަށްްް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލުގެ ހުކުމް ހައިކޯޓުން ވަނީ މިދިޔަ މަހުގެ 18ގައި ބާތިލުކޮށްފައެވެ. 

ހައިކޯޓްގެ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލަ ބެލުމުގައި ދަށު ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ގިނަ ގޯސްތަކެެއް ހަދާފައިވާކަމަށެވެ. އެހެންކަމުން އީސް ޔާމީން މިނިވަންކޮށް އަލުން އެ މައްސަލަ ބެލުމަށް ހައިކޯޓުން ވަނީ ދަށުކޯޓަށް އަންގާފައެވެ. 

ކޯޓުގެ މި ނިންމުމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ކުރިޔަށް ދާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މައްސަލ ދޫކޮށްލުމުގެ ވިސްނުންނެތްކަމަށްް އެ އޮފީހުން ބުނެއެވެ. 

ޕީޖީ އޮފީހުން ބުނީ މަޝްވަރާ ކުުރަމުން އަންނަނީ ހައިކޯޓުން ނިންމި ގޮތަށްް ދަށުކޯޓަށް އަލުން މައްސަލަ ހުށައަޅާ ކުރިޔަށް ދާނީތޯ ނޫނީ ހައިކޯޓްގެ ނިންމުން ސުޕްރީމްކޯޓުގައި އިސްތިއުނާ ކުރާނީތޯކަމަށެވެ. 

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށްލީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިން ދައުވާއެއްވެސް ރައީސް ޔާމީން މައްޗަށް ވަނީ އުފުލާފައެވެ. މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލްކޯޓުގައި ފަށާ ބައެއް އަޑުއެހުންތައްވެސް ވަނީ ބާއްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް