ads
ޑޮކްޓަރު އިބްރާހިމް ޔާސިރު އަހުމަދު. ޔާސިރަކީ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް
ސީއީއޯ ޔާސިރު އަނެއްކާވެސް ކަށިގަނޑު އަޅައިގެން ބަލި މީހުން ގާތަށް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުގއި ހުންނެވި ތަޖުރިބާކާރު ޑޮކްޓަރު އިބްރާހިމް ޔާސިރު އަހުމަދު އަނެއްކާވެސް ކަށިގަނޑު ހިފައިގެން ބަލި މީހުން ބަލަން ނުކުންނަން ނިންމައިފިއެވެ.

ޔާސިރު މިވަގުތު ހުންނެވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުގައެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްްވީ މިދިޔަ މާރިޗުމަހުގެ 4 ވަނަދުވަހުއެވެ. 

ޑރ. ޔާސިރު ހާއްސަވެފައި ވަނީ އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގައެވެ. އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި 23 އަހަރަށް ވުރެ ގިނަ ދުވަހު ވަނީ މަސައްކަތްކޮށްފައެވެ. 

އޭއީއެޗް ބުނީ އެ ހޮސްޕިޓަލްގެ ސީއީއޯ އޭނާގެ ކްލިނިކަލް ޕްރެކްޓިސް ފައްޓަވަމުން ގެންދަވާކަން ފަހްރުވެރިކަމާއެކު އިއުލާނުކުރާކަމަށެވެ. އަދި ޑރ ޔާސިރުގެ އެޕޮއިންޓްމަންޓް ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ ހުޅުވާލާފައެވެ. 

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ ގޮތުގައި ހުންނެވި ޑރ. ޔާސިރަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެމްބަރެއްވެސް މެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް