ads
މަދިރިން ރައްކާތެރިވުމަށް ހުޅުމާލޭގައި ފޮގްކުރަނީ
މަދިރިން ސަލާމަތްވުމަށް މާލެއާއި ހުޅުމާލެ ފޮގްކުރަނީ
މަދިރިން ޖެހޭ ބަލިތައް އިތުރުވަމުން އަންނާތި މާލެއާއި ހުޅުމާލެ ފޮގުކުރަން ފަށަައިފިއެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ ހަލުވިކަމާ އެކު ފެތުރެމުން އަންނަަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. އަދި މިބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަނީ މާލޭ ސަރަހައްދުގައިކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މީގެއިތުރުްނ ޑެންގީގެ ބައެއް ކޭސްތައްވެސް އަންނަނީ ފެންނަމުންނެވެ. 

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވުމުން، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް މާލެ އާއި ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މާލޭ ސަރަހައްދުތައް ސިޓީ ކައުންސިލުން ފޮގްކުރަމުން އަންނައިރު ހުޅުމާލެ ފޮގްކުރަމުން ދަނީ އެޗްޑީސީންނެވެ. 

your imageމަދިރިން ރައްކާތެރިވުމަަށް މާލެތެރެ ފޮގްކުރަނީ 

އެޗްޕީއޭއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް މާލެ ސަރަހައްދުން ޗިކުންގުންޔާގެ 130 ކޭސް ވަނީ ފެނިފައެވެ. ބާކީ ހަތަރު ކޭސް ފެނިފައި ވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

މާލެއިން މިހާތަނަށް 96 ޗިކުންގުންޔާގެ ކޭސް ފެނިފައިވާއިރު، ހުޅުމާލެއިން 34 މީހަކަށް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ޗިކުންގުންޔާ އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި 134 މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ މީހުންނެވެ. އަދި ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށް ވުރެ ދަށުގެ ފަރާތްތައް ކަމަށް އެޗްޕީއޭއިން ފާހަގަކުރެ އެވެ.

މާޗު މަހާ އަޅާބަލާއިރު، ނިމިދިޔަ މަހު ޗިކުންގުންޔާ ފެތުރުނު މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މި ބަލީގައި މާޗު މަހު ރިޕޯޓުކޮށްފައި ވަނީ އެންމެ ފަސް ކޭހެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ ސަބަބުން ހުޅުހުޅުގައި ރިއްސުމާއި ބައެއް ފަހަރު ހުޅު ދުޅަވުން އަދި އެކަމުގެ އުދަނގޫތައް ގިނަ ދުވަސްތަކަކަށް ކުރިމަތިވެ އެވެ.

ޗިކުންގުންޔާ ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުންނެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރިއެއް ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގަ އެވެ.

ޗިކުންގުންޔާގެ އަލާމަތްތައް:

  • 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
  • ގަދައަށް ބޮލުގަ އާއި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތްބިހިތަކެއް ނެގުން (ރޭޝް)

ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ފަރާތުން ޖެހުމުންނާއި ތުއްތުކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އެހެނިހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށެވެ.

ޗިކުންގުންޔާއަށް ފަރުވާ ދިނުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމާއި އަރާމު ކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން ހިމެނެ އެވެ. އަދި ހުމާއި ގައިގައި ރިއްސުމުގެ އަލާމާތްތަކަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން ހިމެނެ އެވެ.

ތިން ދުވަހާއި ހަތް ދުވަހަށް ވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް