ads
ކުޑަކުއްޖާ މާލެ ދާން ވަގަށް ނަގައިގެން ދަތުރުކުރި ލޯންޗު -
ލޯންޗު ވަގަށް ނެގި ކުއްޖާ ހޯދާ އާއިލާއާ ހަވާލުކޮށްފި
ފަޅުގައި އޮތް ލޯންޗެއް ވަގަށް ނަގައިގެން މ. އަތޮޅުން މާލެއަށް އައި ކުޑަ ކުއްޖާ ހޯދާ އާއިލާ އާ ހަވާލު ކޮށްފިއެވެ.

އެ ކުއްޖާ މާލެ އައީ ސިނަމަން ވެލިފުށި ރިސޯޓުގެ ލޯންޗެއް ވަގަށް ނަގައިގެން އޭނާގެ 'ލޯބިވެރިޔާ'އާ ބައްދަލުކުރަން ބުނެއެވެ. އެ ލޯންޗު ވަގަށް ނަގައިގެން އެ ކުއްޖަކު ހުޅުމާލެ އައީ އިއްޔެ ރޭ ދަންވަރެވެ. ލޯންޗު ދުއްވީ އެ ކުއްޖާ އަމިއްލަ އަށެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މ. އަތޮޅުން ލޯންޗެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ލޯންޗަށް ވަނީ ގެއްލުންތަކެއްވެފައެވެ. 

ފުލުހުން ބުނީ އުމުރުން 14 އަހަރުގެ ކުއްޖާ ހޯދާ އަާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް