ads
ދިރާގު ހެޑް އޮފީސް: ދިރާގަށް ފުރަތަމަ ކުއާޓަރުގައި 698 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި - ފޮޓޯ:ދިރާގު
ދިރާގަށް ފުރަތަމަ ކުއާޓަރުގައި 698 މިލިއަން ރުފިޔާގެ އާމްދަނީއެއް
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 698 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބުނުކަން ހާމަކުރިއިރު، މިއީ މިދިޔަ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އާ އަޅާބަލާއިރު ދެ އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 684 މިލިއަން ރުފިޔާ އެވެ.

ދިރާގުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ ދެ ދާއިރާއަކުންނެވެ. އެއީ މޮބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މޮބައިލް ހިދުމަތްތައް ފޯރުކޮށްދީގެން އެ ކުންފުނިން ވަނީ 376 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޮބައިލް ހިދުމަތްތަކުން އެ ކުންފުންޏަށް ލިބިފައި ވަނީ 365 މިލިއަން ރުފިޔާ އެވެ.

ފިކްސް ބްރޯޑްބޭންޑު ހިދުމަތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް 300 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެ ހިދުމަތްތަކުން ކުންފުންޏަށް ލިބިފައި ވަނީ 298 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓަރުގައި ދިރާގުގެ ހިންގުމުގެ ހަރަދު ހުރީ 303 މިލިއަން ރުފިޔާގަ އެވެ. ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ނިމުނު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 218 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް