ads
އީސީގެ އެސްޖީ އުނައިސް
އީސީގެ އެސްޖީކަމަށް އުނައިސް
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިި ހުންނެވި ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އުނެއިސް މިހާތަނަާްް ހުންނެވީ އީސީގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ޒަކަރިއްޔާ އިސްތިއުފާ ދިނުމުން އުނެއިސް މިހާތަނަށް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވަގުތީ ގޮތުން ފުރުއްވާފައެވެ.

އުނައިސް އިލެކްޝަންސް ކޮމިޝަނާއި ގުޅުނީ 15 ނޮވެމްބަރު 2005ގައެވެ. އުނައިސް ވަނީ މާސްޓަރސްއިން ބިޒްނަސް ސްޓަޑީސް އާއި އައިޓީ ޑިގްރީ ހޮނަރސް ހާސިލް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް