ads
ރަށެއްގެ ރައްޔިތުން މަޑުކޮށްލައިގެން
ރަށްތަކުގައި އުފާވެރިކަން ބަލާ، އުފާވެރި ރަށަށް އެވޯޑް ދެނީ
ރާއްޖޭގެ ރަށްތަކުގައި އުފާވެރިކަން ހުރި ވަރު ބަލަން ސަރުކާރުން ނިންމާ އެ މަސައްކަތް ފަށައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ބުނީ ރާއްޖޭގެ ރަށްތަކުގައި އުފާވެރިކަން ހުރި މިންވަރު ބަލަން " ހެޕިނަސް އިންޑިކްސް" ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށާފައިވާކަމެވެ. 

އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން މި މަސައްކަތް ކުރަނީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އުފާވެރިކަން އެރަށް ރަށުގެ ރައްުިތުން މިންކުރާ ގޮތެއް ދެނެގަތުމަށް ކުރާ މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރާނީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާކޮށް ވަރަށް ބޮޑަށް ހުޅުވާލައިގެން އެކުލަވާލެވޭ އޮނިގަނޑެެއްގެ ތެރެއިންކަމަށެވެ. އަދި މި އޮނިގަނޑު އެކުލަވާލެވޭނީ އެވޯޑްވެދސް ދޭ ގޮތަށްކަމަށް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

"ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމް ވޯކެއްގެ ދަށުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތްތަކަށް އެވޯޑްވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރުމަށް." ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

އެންމެ އުފާވެރި ރަށް ކަނޑައެޅުމުގައި ބަލާނެ މިންގަަނޑުތައް ކަނޑައަޅާނީވެސް އާއްމުންގެ ހިޔާލާއި މަޝްވަރާކޮށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތެއްގެ މަތިން ކަމަށް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. ސަރުކާރުން ވަކިގޮތެއް ކަނޑައެއް ނާޅާނެކަމަށައި އެހެންނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކޮށްފައިވާ ގޮތް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. 

" ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކޮށްފައިވާ ގޮތަށް ބަލާއިރު އެރަށެއްގެ ކުށް މަދުވުން، ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތް ކުރުން، ރަށުގެ ސާފު ތާހިރުކަން، އެކުވެރިކަމާއި ބަދަހިކަން، އަދި އާއިލާތަކުގައި އޮންނަ ގުޅުން، ކުޑަކުދިންނާއި މުސްކުޅިންނަށް ނުވަތަ އިސްރަށްވެހިންނަށް ރަނގަޅު މާހައުލެއް އޮތުން، މެހެމާނުންނަށް ކަމޭހިތުން. ހިމަނާފައި ހުރޭ" މި ފަދަ ކަންކަން ބަލާކަން ވަޒީރު އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގައި އުފާވެރިކަން ހުރި ވަރު ބަަލަން " ހެޕިނަސް އިންޑިކްސް" ކަނޑައެޅުމުގައި ސަރުކާރުގެ މުވައްސަސާތަކާއި ކަމާއި ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާއި މިކަމުގައި ބައިވެރިވާން ޝައުގު ހުރި ފަރާތްތައް ބައިވެރިވެވޭނެކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް