ads
ފޮޓޯ: އައްޑޫ ސިޓީ ފޭދޫ
ސ ފޭދޫގައި ހިންގި ސްޕާއަކުން ފަސް މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ ފޭދޫގައި ހިންގި ސްޕާއަކުން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ، ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ސްޕާއެއްގ ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އެތަން ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ފަސް މީހުންނަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުން މާލޭގެ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މާލޭގައި ހިންގާ ބައެއް ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް