ads
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު: ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:އުރީދޫ
އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫގެ އާމްދަނީ 554 މިލިއަން ރުފިޔާއަށް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި 554 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އުރީދޫ މޯލްޑިވްސްއަށް ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު މިންވަރަށް ވުރެ 7.9 އިންސައްތަ އިތުރު އަދަދެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 513.6 މިލިއަން ރުފިޔާ އެވެ.

ނިމިދިޔަ ކުއާޓަރުގައި އުރީދޫއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ މޮބައިލް ހިދުމަތްތަކުންނެވެ. މޮބައިލް ހިދުމަތްތަކުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 429.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތްތަކުން އުރީދޫއަށް 123.9 މިލިއަން ރުފިޔާ ލިބުނެވެ.

އުރީދޫއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާއަށް ލިބިފައި ވަނީ 162 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް