ads
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު
ކޮންމެ މަހަކު 1 ފަހަރު މިނިސްޓްރީތަކުގެ މަސައްކަތްތަކާ ގުޅޭ ޕްރެސް ދެން އޮންނާނެ
ކޮންމެ މަހަކު އެއްފަހަރު މީގެފަހުން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތާ ގުޅޭ ޕްރެސް ބާއްވާން ހަަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ހީނާ ވަނީ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ޕްރެސް ކޮންފެރެންސް ބޭއްވުމަށް ހަަމަޖެހިފައިވާކަަމަށެވެ. އެގޮތުން ސިޓީ ކައުންސިލްތަކާ ބެހޭ ވުޒާރާއިން ބާއްވާ ޕްރެސް ކޮންފެރެންސް މިއަދު ބާއްވަން ހަަމަޖެހިފައިވާކަމަށްވެސް ހީނާ ވަނީ އެ ޕޯސްޓްގައި ހާމަކޮށްފައެވެ. 

އެންމެ ފަހުގެ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހީނާ ހިއްސާކުރައްވާފައިވަނީ  މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ހީނާ ވަނީ އެފަދަ ފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ހީނާ ވަނީ ސަރުކާރުން "ސުޕަ މެޖޯރިޓ" ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގުތިސޯދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނައުން ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ އަށް ނިސްބަތްވާ ހީނާ ވަލީދު އައްޔަންކުރައްވާފައިވަނީ މިދިޔަ ހަފްތާގެ 23 ވަނަ ދުވަހުގައެވެ.

މިއީ، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް